އެއްވެސް މީހަކީ އެމީހަކު ލޯބިވާ މީހަކާއި ވަކިން ދިރިއުޅެން ނުވަތަ ވަކިން ވަގުތު ހޭދަކުރަން ބޭނުންވާނެ މީހެއް ނޫނެވެ. ނަމަވެސް ދިރިއުޅުމުގެ ހާލަތު ބައެއް ފަހަރު ނިޔާކުރާ ގޮތުން ދެލޯބިވެރިން ވެސް އަދި ދެމަފިރިން ވެސް ދުރުގައި ބައެއް ފަހަރު ވަގުތުތައް ހޭދަކުރަން ޖެހެއެވެ. މިފަދަ ކަމެއް ދިމާނުވަނީ ވަރަށް މަދު މީހަކަށް ވަރަށް މަދު ހާލަތެއްގައެވެ.

އިނގިރޭސިވިލާތުގެ ދެމަފިރިން ކަމަށްވާ 95 އަހަރުގެ އަލްބާޓް އާއި 91 އަހަރުގެ ފިލިސްގެ ކައިވެންޏަށް 70 އަހަރު ފުރުން އެދެމަފިރިން ފާހަގަ ކޮށްފައި ވާއިރު މިހާރު ވަރަށް ތަފާތު ނަސީބު ގަދަ ދެމަފިރިންނެވެ.

ދެމަފިރިންގެ ކައިވެންޏަށް 70 އަހަރު ވެގެން ދިޔައިރު ދެމަފިރިން އެންމެ ރެއެއް ވެސް ވަކިން، އެކަނި ހޭދަކޮށްފައެއް ނުވެއެވެ. ދެމަފިރިންގެ ތެރެއިން އެކަކު ތަނަކަށް ދާން ޖެހުނު ނަމަވެސް އެތަނަކަށް ދަނީ އަނެއް ބައިވެރިޔާ ގޮވައިގެންނެވެ. އެހެންކަމުން ދެމަފިރިން ދުވަހަކު ވެސް ވަކިން އެއްވެސް ތަނަކަށް ގޮސްފައެއް ނުވެއެވެ.

ތިން ކުދިން ލިބިފައިވާ ދެމަފިރިން ބުނެފައިވާ ގޮތުގައި އެމީހުންގެ ހަޔާތުގައި ދުވަހަކު ވެސް މައްސަލައެއް ޖެހިގެން ދެބަސްވާކަށް ނުޖެހެއެވެ. ބައެއް ކަންކަމުގައި ޚިޔާލުތަފާތުވުންތައް އުފެދުނު ނަމަވެސް މަޝްވަރާ ކޮށްގެން އަވަހަށް ހައްލު ކުރެވޭ ކަމަށް ދެމަފިރިން ބުނެއެވެ.

ދެމަފިރިން ބުނީ އެމީހުންގެ ހަޔާތް ވަރަށް އުފާވެރި ކަމަށާއި އެހައި އުފާވެރި ހަޔާތެއް ހޭދަކުރެވެމުން ދަނީ ހުރިހާ ކަމެއް ވެސް އެކަކު އަނެކަކާއި ހިއްސާ ކުރެވޭތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަލް

    ތިޔަހެން އުޅެން ފެށީމަ މިރާއްޖޭގަ މީހުން ގަބޫލުކުރާނީ އެއީ އަނބިދަށުވުން ކަމަށް...

    • ކުއްނާރު

      ޔެސް