މަޝްހޫރް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާރ އާއި އޭނާގެ ލޯބިވެރިޔާ ހައިލޭ ބަލްޑްވިން އަންނަ އަހަރުގެ ތެރޭގައި ކައިވެނި ކުރަން އުޅޭކަމަށް ބޭރުގެ ޚަބަރުތައް ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖަސްޓިން ވަނީ މި މަހުގެ ހަތްވަނަ ދުވަހު ބަހާމަސްގެ ރިސޯޓެއްގައި އޭނާގެ ލޯބިވެރިޔާ ހައިލޭއަށް ޕްރޮޕޯސްކޮށް އެންގޭޖްވެފައެވެ.

ޖަސްޓިންއާއި ހައިލޭ އެންގޭޖްވިކަން މި ދެމީހުން މީސްމީޑިއާ މެދުވެރިކޮށް ތަފާތު މެސެޖްތައް ލިޔެ އާންމުކޮށްފައިވާއިރު، މި ދެމީހުންގެ ކައިވެނީގެ ބައެއް ތައްޔާރީތައް މިހާރު ވެސް ފަށައިފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

"ހައިލޭ! އަހަރެން ވަރަށް ބޮޑަށް ހައިލޭ ދެކެ ލޯބިވޭ! އުމުރުގެ ބާކީ ދުވަސްތައް ހައިލޭއާއިއެކު ހޭދަކުރެވޭތީ ވަރަށް އުފާވޭ! އަހަރެމެންގެ އާއިލާ ދެކެ އަބަދުވެސް އަހަރެން ލޯބިވާނަން. އަދި އާއިލާ ރަނގަޅަށް ބަލަހައްޓާ، ލީޑްވެސް ކޮށްދޭނަން. އަބަދުވެސް އަހަރެންގެ ހިތަކީ ހައިލޭގެ އެއްޗެއް. އަހަރެން ހައިލޭ ދެކެ މިވާ ލޯތްބެއް އެހެން އެކަކު ދެކެވެސް ނުވާނަން" ޖަސްޓިން މީސްމީޑިއާގައި ލިޔެފައިވެއެވެ.

ޖަސްޓިން އާއި ހައިލޭ ކައިވެނި ކުރާ ދުވަހެއް އަދި އާންމުކޮށްފައި ނުވި ނަމަވެސް ކައިވެނީގެ ހަފްލާ ވަރަށް ކުޑަވާނެ ކަމަށާއި ދައުވަތު ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އާއިލާއާއި ރައްޓެހިންނަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޖަސްޓިން އާއި ހާއިލޭގެ އާއިލާއިން މިހާރުން ފެށިގެންވެސް ކައިވެނީގެ ކުދިކުދި ތައްޔާރީތައް ވާން ފަށައިފައިވާއިރު، ހައިލޭގެ ކައިވެނީގެ ހެނދުން ފައިނަލް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ޖަސްޓިން ވަނީ ބުނެފައެވެ.