ބޮލީވުޑްގެ އެކްޓްރެސުންގެ މެދުގައި މައްސަލަ ޖެހި އެކަކު އަނެއްކަކާއި ޖެހިފައި ތިބުމަކީ އެހާ އާންމު ކަމެއް ނޫނެވެ. ނަމަވެސް ޑޭޓް ކުރި ފިރިހެން ކުއްޖާ ނުވަތަ މިހާރު ޑޭޓް ކުރާ ފިރިހެން ކުއްޖާއާއި ގުޅުން ހުރި ކޮންމެ އަންހެނަކާއި މެދުގައި ވެސް އެގޮތަށް ދެކެވެމުމަކީ އަންހެނުންގެ ޠަބީއީ ސިފައެކޭ މީހުން ބުނެއެވެ. މިފަދަ މީހުން އެއްގަލަކަށް އަރަނީވެސް މަދު ފަހަރެއްގައެވެ. ނަމަވެސް މިފަހަރު މިއޮތީ އެއްގަލަކަށް އަރާ އުފަންދުވަހުގެ ތަހުނިޔާ ކީ ހާލަތެއް މެދުވެރިވެފައެވެ. އެކަމަކު އާދައިގެ އަންހެނެއް ނޫނެވެ. ބޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް ކެތުރީނާ ކައިފްއަށް އެކްޓްރެސް ދިޕިކާ ޕަދުކޯން އުފަންދުވަހުގެ ތަހުނިޔާ ފޮނުވީއެވެ.

"އުފާވެރި އުފަންދުވަހަކަށް އެދެން. އަދި އުފާވެރި ދިރިއުޅުމަކާއި ރަނގަޅު ސިއްހަތެއްގައި ލެހެއްޓެވުމަށް އެދެން." ކެތުރީނާއަށް 35 އަހަރު ފުރުނު އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުން ދިޕިކާ އޭނާގެ މީސްމީޑިއާގެ އެކައުންޓްގައި ލިޔެފަިއިވެއެވެ. އަދި މި ލިޔުންކޮޅަށްފަހު، ރަތް ކުލައިގެ ހިތެއްވެސް ލައިފައިވާ ކަމަށްވެއެވެ.

ކެތުރީނާއާއި ދިޕިކާގެ ރޭންޖް ދިމާނުވާން ފެށީ އެކްޓަރު ރަންބިރް ކަޕޫރް ދިޕިކާ ޕަދުކޯނާއި ބްރޭކްއަޕް ވުމަށްފަހު ކެތުރީނާ ކައިފްއާއި ޑޭޓް ކުރަން ފެށި ހިސާބުންނެވެ. ބައެއް ޝޯ ތަކުގައްޔާއި ބައެއް ހަފްލާ ތަކުގައިވެސް ދިޕިކާއާއި ކެތުރީނާ ވަށްބަހުން އެކިގޮތްތޮތަށް އެކިއެކި ބަސްޖަހާލިނަމަވެސް، ދާދިފަހުން އަނާމިކާ ހަންނާ އޭނާގެ އެކައުންޓްގައި ޕޯސްޓްކުރި ދިޕިކާގެ ފޮޓޯއަކަށް ކެތުރީނާވަނީ ލައިކް ވެސް ކޮށްފައެވެ. ނަމަވެސް، ދިޕިކާއާއި ކެތުރީނާ އެކަކު އަނެއްކަކަށް މީސްމީޑިއާ އެކައުންޓް ތަކުގައި ފޮލޯއެއް ނުކުރެއެވެ.

ކެތުރީނާގެ އުފަންދުވަސް އޭނާ ފާހަގަކޮށްފައިވަނީ އާއިލާއާއިއެކު އިންގްލޭންޑްގައެވެ. އަދި އޭނާ ވަނީ ބައެއް ފޮޓޯތައްވެސް މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ.