މޭގަން މާކެލް އޭނާގެ ފިރިމީހާ ޕްރިންސް ހެރީގެ އަތުގައި އަބަދު ހިފައިގެން ހުރުމަކީ ޝާހީ އާއިލާ އިން ބޭނުންވާ ކަމެއް ނޫން ކަމަށް އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ވަަރަށް ބޮޑަށް އާދަކާދަތައް ހިފަހައްޓަން ޝާހީ އާއިލާ އިން އަބަދުވެސް ބޭނުން ވެއެވެ. ރަސްމީ ހަފްލާތަކުގައި ދެމަފިރިން އަތުގައި ހިފައިގެން ތިބުމަކީ ޝާހީ އާއިލާގެ މެންބަރުން ކުރުން "މަނާ ކަމެކެވެ." އަދި ނުރަސްމީ ހަފްލާތަކުގައި ވެސް ދެމަފިރިން އަތުގައި ހިފައިގެން ތިބުން އެއީ ރާނީ ރުހޭ ކަމެއް ކަމަށް ނުވެއެވެ.

ނަމަވެސް މޭގަން މާކެލް އަބަދުވެސް ހުންނަނީ ޕްރިންސް ހެރީގެ އަތުގައި ހިފައިގެންނެވެ. ދާދިފަހުން އާންމުކުރި އާއިލާގެ ރަސްމީ ފޮޓޯއެއްގައި ވެސް މޭގަން، ހެރީގެ އަތުގައި ހިފައިގެން ހުރުމުން ފާޑުކިޔުން ވެސް އަމާޒުވިއެވެ.

ޝާހީ ގަނޑުވަރުގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ޝާހީ އާއިލާގެ ބައެއް އާދަތަކައް މޭގަން ހޭނެން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށާއި ޝާހީ އާއިލާގެ އާދަކާދަތަކުގެ މައުލޫމާތުތައް މިހާރުވެސް މޭގަން އަށް ކިޔައިދެމުން ގެންދާ ކަމަށެވެ.

މޭގަން އާއި ހެރީ އަބަދު އަތުގައި ހިފައިގެން ތިބޭތީ އެކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ފާޑުކިޔަމުން ދާއިރު ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އިނގިރޭސިވިލާތުގެ މީޑިއާތައް ވަނީ މޭގަން އާއި "އަޅައިގެންފައެވެ." އެފަރާތްތަކުން ބުނާ ގޮތުގައި މޭގަން އަށް ރަނގަޅު އެއްވެސް ކަމެއް ކުރެވޭ ކަމަކަށް މީޑިއާތަކަކަށް ނުވެއެވެ. އެއީ މޭގަން އަކީ ކަޅު ނަސްލުގެ މީހަކަށް ވެފައި ބިދޭސީއަކަށް ވާތީ މީޑިއާ އިން ގެންގުޅޭ ތަފާތު ކުރުމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނިއުމާ

    އެއީ ޕްރޮޓޮކޯލް އެއް/އެއި ޝާހީ އާއިލާ އިން ކުރާ ކަމެއްނޫން***** އެހެންވެތާ

    ރާނީ އެންމެ އިތުބާރު ކުރައްވާ ޝާހީ އެއިޑް ކެސިންޓަން ޕެލަސް އަށް މެގާން އަށް

    އެހީ ތެރިވާން ހަމަޖެއްސެވީ! މީ އަމާލް އާއި ކުލޫނީ އެއްނޫން ދޯ

  2. ލޮލި

    އޭނަ ކަޅުތަ

  3. Anonymous

    އެއީ ޝާހީ ޕްރޮޓޮކޯލް އެއް. ޝާހީ އާއިލާ ގެ ކަމެއްނޫން/އެހެންވެތާ ރާނީ އެންމެ

    އިތުބާރު ކުރައްވާ ޝާހީ އެއިޑު ކެސިންޓަން ޕެލަސް އަށް ހަމަޖައްސެވީ މެގާން އަށް

    އެހީތެރިވުމަށް/ މަގާން ދަސްކުރަން ޖެހޭ އެތައްބައިވަރު ހިސްްޓްރީ ގެ ބައިތައްވެސް

    ހުންނާނެ/ އިނގިރޭސި ޝާހީ ނޫން ހައި ސޮސައިޓީ ގެ އާއިލާ އާއި ގުޅުމުން މިކަންކަން ކުރަނޖޭ

  4. ހަސަނު

    ޑިމޮކްރަސީ އޭ ކިޔާގެން ވާހަކަދައްކާ މީހުންގެ ހާލު މިފެންނަނީ. ރައީތުންގެ ލާރިން ހުރިހާ ހަރަދެއްކޮށްގެން ތިބޭ ބައެއް.

  5. ޑިއުކް

    ނިއުމާ ހާދަމޮޅޭ.