އިންޑިއާގެ ޓަމިލް ނާޑޫ އަވަށުގެ ޕްރަސަވަލްކަމް ސަހަރައްދުގައި 12 އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ އަންހެން ކުއްޖަކު ރޭޕްކޮށްފައިވާ ކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އަދި އެ އަންހެން ކުއްޖާ ރޭޕްކުރުމުގައި އެކި ފަހަރު މަތިން 22 މީހުން ޝާމިލްވެފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި އެއަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ އަންހެން ކުއްޖާ ދިރިއުޅޭ ފްލެޓްގައި ދިރިއުޅޭ 22 މީހުން ކަމަށްވެސް ފުލުހުންގެ ތަހުޤީގަށް ވަނީ އެނގިފައެވެ. އަދި އެމީހުންގެ ތެރޭގައި ފްލެޓްގެ ސެކިއުރިޓީ ގާޑްވެސް ސާމިލްވާއިރު ރޭޕްގެ މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ ފްލެޓްގެ އެލެވޭޓާ އޮޕަރޭޓަރެއްގެ މަގާމުގައި ހުރި 66 އަހަރުގެ ރަވީ ކުމާރު ނަމަކަށް ކިޔާ މީހެކެވެ.

ރޭޕްކުރެވުނު 12 އަހަރުގެ އަންހެން ކުއްޖާއަކީ އަޑުއެހުމުން މަހުރޫމްވެފައިވާ ކުއްޖެކެވެ. އަދި ރަވީ ކުމާރު އިސްވެ ހުރެ އޭނާ ރޭޕްކުރަމުންދާތާ 7 މަސް ވެފައިވާ ކަމަށްވެސް ރޭޕް ކުރެވުނު އަންހެން ކުއްޖާ ވަނީ ބުނެފައެވެ.

އަދި ރޭޕް ކުރުމުގެ ކުރިން އިންޖެކްޝަން އެއް ޖަހާ ކަމަށާއި ރަލާއި އަދި އެނޫންވެސް ލުއިބުއިންތަށް ގަދަކަމުން އޭނާއަށް ބޯންދޭ ކަމަށް ރޭޕް ކުރެވުނު އަންހެން ކުއްޖާ ފުލުންނަށް ބުނެފައިވެއެވެ.

އަދި އަންހެން ކުއްޖާގެ ބަރަހަނާ ވީޑިއޯ އާއި ފޮޓޯ ނެގުމަށް ފަހު ބްލެކްމެއިލް ކޮށްފައިވާ ކަމަށްވެސް ރޭޕްކުރެވުނު ކުއްޖާއާއި ހަވާލާދީ ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންނަށް މިދިޔަ ހޯދަ ދުވަހު ހުށައަޅާފައިވާއިރު އެ މައްސަލައިގައި ސާމިލްވާ 18 މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މައްސަލައާއި ގުޅުން ހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް އެގައުމުގެ ފުލުހުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މިޙުރީ

    ޕިސްޕިސް

  2. ޙުސައިން މ. މުލި

    ދެން ފިރުމާލާފަ ދޫކޮއްލާ

  3. ޕިންކީ

    ތީ ދެން ބޮޑުވަރު އެކަމު ، ދަންޖައްސާ ބަލަ ތިއެންމެން

  4. ހޭބަލި

    މި އިންޑިޔާ މީހުން ތިބެނީ ހެބަލި ވެފަ. މަރަން

    ވީ އެ ހެން ހަދާ އެއްޗެހިން???

  5. ކ

    ރަހުމު ކުޑަ ހިތް ނުބައި ޖާހިލް ބަޔެއްތީ..

  6. ހައި

    ދަން ޖައްސާ