އޮސްޓްރޭލިޔާއިން އައު ވައްތަރެއްގެ ހަރުފައެއް ފެނިއްޖެއެވެ.

މި ހަރުފަ ފެނިފައިވަނީ ޔުނިވަރސިޓީ އޮފް ކްއީންލޭންޑްގެ ބައިލޮޖިސްޓުންތަކެއް "ސީ ސްނޭކް" ތަކެއް ހޯދަން ނިކުމެ އުޅުމުގެ ތެރޭގައެވެ. މިބައިލޮޖިސްޓުންގެ ތެރޭގައި ހިމެނޭ ޕްރޮފެސަރ ފްރައި ބުނެފައިވަނީ މިހަރުފަ ފެނިފައިވަނީ އޮސްޓްރޭލިޔާގެ ވެޕިޔާ ޓައުން ކައިރިން ކަމަށާއި މިހަރުފައަކީ މީގެ ކުރިން ފެނިފައި ނުވާ ހަރުފައެއް ކަމަށެވެ.

ފްރޮފެސަރ އިތުރަށް ބުނެފައިވަނީ މިހަރުފަ މީގެ ކުރިން ފެނިފައި ނުވާތީ، މިހަރުފައިގެ ތަޙްލީލެއް ކުރިޔަށް ގެންދިޔަ ކަމަށާއި ނަތީޖާ ދައްކާ ގޮތުން މިއީ މިހާތަނަށް ހޯދިފައިވާ ހަރުފަތަކާ ޚިލާފު އެހެން އާއިލާއެއްގެ ހަރުފައެެއް ކަމަށެވެ.

މި ޓީމްއިން ބުނެފައިވަނީ މިހާތަނަށް މިޓީމްގެ މަސައްކަތުން މިކަހަލަ 5 ހަރުފަ ހޯދާފައިވާ ކަމަށާއި އަދި މިހަރުފައިގެ ޒަރިއްޔާއިން ކުރެވޭނެ ކަންތައްތައް މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

ފްރައި ބުނެފައިވަނީ މިހަރުފައިގައި ގިނަ އަދަދަކަށް ޕްރޮޓީންސް ހިމެނޭ ކަމަށާއި ބޭސްވެރިކަމުގެ ދާއިރާގައި މިހަރުފައިގެ މާއްދާތައް ބޭނުން ކުރެވިދާނެ ކަމަށެވެ،

" ކޮންމެ ޖަނަވާރަކީވެސް ތަފާތު ޖަނަވާރެއް. ކޮންމެ ޖަނަވާރެއްގެ ގައިގައިވެސް އެތައް މާއްދާއެއް ހުރޭ. މިހަރުފައިން ބޭސްވެރި ކަމުގެ ދާއިރާއަށް ބޮޑު ކުރިއެއް އަންނާނެ" ޕްރޮފެސަރ ވިދާޅުވިއެވެ.

މި ވިހަގަދަ ހަރުފަ އުޅޭ ސަރަހައްދަކީ މިހާރު ކޮންނަމުންދާ ސަރަހައްދަކަށް ވުމާއެކު މިހަރުފަ ދުނިޔެއިން ނެތިގެން ދާނެ ކަމުގެ ބިރުއެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާމަ

    ރަ