ބޮލީވުޑްގެ މަޝްހޫރު އެކްޓަރު، އިމްރާން ހާޝްމީގެ ޚަރަދުގައި، ކެންސަރު ޖެހިފައިވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި ފަރުވާދޭ ހޮސްޕިޓަލެއް ހުޅުވުމަށް ނިންމައިފިއެވެ.

މި މަސައްކަތަކީ، އެޤައުމުގެ ބެންގަލޫރުގައި ދެމަފިރިއަކު ހިންގާ އަމިއްލަ ޖަމިއްޔާއެއްގެ ދަށުން ކުރާ މަސައްކަތެއްކަމަށް ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެއެވެ.

މި މަޝްރޫޢު އިފްތިތާޙުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ހާޝްމީ ބުނެފައިވަނީ، ކެންސަރު ޖެހިފައިވާ މީހުން ތަހަންމަލުކުރާ ހާލު އޭނާއަށް ވަރަށް ގާތުން ފެނި، އެކަން ތަޞައްވަރުކުރެވިފައިވާކަމަށެވެ.

"އަހަރެންނަށް ވަރަށް ކައިރިން ފެނުނު ކެންސަރު ބަލި މީހުންނާއި އެމީހުންގެ އާއިލާތަކުން ތަހަންމަލު ކުރާ ކަންކަން. މި އިސްނެގުމަކީ ފަޤީރު ކެންސަރު ބަލި މީހުންނަށް އައު އުންމީދެއް ހޯދައިދިނުން..." އޭނާ ބުނެފައިވެއެވެ.

މި މަސައްކަތް ކުރުމުގެ އިސްނެގުން ހާޝްމީ ނަގާފައިވާއިރު، އޭނާގެ ދަރިއަކަށް އުމުރުން ހަތަރު އަހަރުގައިވަނީ ކެންސަރު ޖެހިފައެވެ. އެހެންނަމަވެސް، އެކުއްޖާ އެބަލިން އެއްކޮށް ސަލާމަތްވެފައިވާއިރު، އޭގެފަހުން ކެންސަރާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ހާޝްމީ ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެމަސައްކަތުގެ ދަށުން އެކަމާ ގުޅޭ ފޮތެއްވެސް އޭނާ ލިޔެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސައީދު

    މާތްﷲ ސުބުހާނަހޫ ވަތަޢާލާ އިމްރާންއަށް ހެޔޮ ރަހުމަތް ލައްވާ އިމްރާންގެ މުދަލާއި ދަރިންގެ ގައިގަ ބަރަކާތް ލައްވާށި ތިޔަ ކޮއްދެވުނީ އިންސާނިއްޔަތަށް ވަރަށް ހެޔޮކަމެށް

    • ެޒެޑް

      އާމީން

  2. މިމަ

    ރަގަޅު

  3. ާރަަށު 02/26/2018

    ޢާމީ

  4. Anonymous

    އާމީން