ބޮލީވޫޑްގެ މަޝްހޫރު ބަތަލާ ސަނީ ލިއޯންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ނެރެން ތައްޔާރުވަމުންދާ ފިލްމާއި ދެކޮށް އިންޑިއާގެ ސިންގް ގުރޫތަކުން މުޒާހަރާ ކުރަން ފަށައިފިއެވެ.

ސަނީ ލިއޯ ބޮލީބުޑްގެ މަޝްހޫރު ބަތަލާއަކަށް ވުމަށް ކުރި ދިގު ދަތުރުގެ މައްޗަށް ބިނާކޮށް އުފައްދާ ބައޯޕިކް "ކަރަންޖިތް ކޯރް" ދަ އަންޓޯލްޑް ސްޓޯރީ އާއި ދެކޮޅަަށް މުޒާހަރާ ކުރަނީ އެ ފިލްމުގެ ނަމުން "ކޯރް" ނެގުމަށް އެދިއެވެ.

މިއީ ބޮލީވުޑްގެ ފިލްމުތަކާއި ގުޅިގެން ސިންގް ގުރޫޕުތަކުން މުޒާހަރާ ކުރާ ފުރަތަމަ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ބޮލީވުޑްގެ ތަފާތު ލަވަތަކާއި ފިލްތަކުގެ ނަން ބަދަލު ކުރުމަަަށް އިންޑިއާގެ މި ޖަމާތުން ވަނީ މުޒާހަރާ ކޮއްފައެވެ.

މި ޖަމާއަތުން ބުނެފައިވަނީ ފިލްމުގެ ނަމުން "ކޯރް" ނެގުމަށް އެދުނީ އެއީ އެމީހުންގެ ދީނަށް ބަދުބަސް ރައްދުވާ ކަމަށް ވާތީއެވެ.

މި ފިލް މިމަހު 16 ވަނަ ދުވަހު ޒީ5 ޗެނަލްއިން ޕްރެމިއާ ކުރާއިރު ގިނަ ބަޔަކު ތިބީ މި ފިލްމު ބެލުމަށް ކެތް މަދުވެފައެވެ. މި ފިލްމަކީ ސަނީ ގެ ހަޔާތުގެ ނޭނގޭ ގިނަ ކަންތަަށްތަކެއްގެ ފަތިފުތް ދައްކާލާނެ ފިލްމެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ސަނީ ލިއޯންއަކީ މިހާރު އެތައް ބައެއްގެ ހިތްތައް ފަތަހަ ކުރަމުން އަންނަ ތަރިއެކެވެ. އަދިވެސް އޭނާގެ ރީތިކަމަށް ބަދަލެއް ނާދެއެވެ. އޭނާދަނީ ފިލްމީ ދާއިރާގައި ގިނަ މަސައްކަތްތައް އަދިވެސް ކުރަމުންނެވެ.

ސަނީ ލިއޯން ފިލްމީ ހަޔާތް 2012 ވަނަ އަހަރު ފަށައި އަދިވެސް ފިލްމަކަށް ފަހު ފިލްމެއް އެ ދަނީ ކުޅެމުންނެވެ. އަދި މިހާރުވެސް ދަނީ ސަނީގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ވެބްސީރީޒް މަސައްކަތްތައް ކުރަމުންނެވެ.

ސަނީ ލިޔޯން ވަނީ ބޮލީވުޑްގައި "ޖިސްމް 2"، އޭކް ޕަހެލީ ލީލާ"، "ކުޗް ކުލް ލޯޗާ ހޭ" އަދި "ވަން ނައިޓް ސްޓޭންޓް" ފިލްމް ތަކުގައި ހަރަކާތްތެރި ވުމުގެ އިތުރުން އެތަށް ލަވަތަކެއް ކުޅެދީފައެވެ.

ސަނީއަކީ މިހާރު ތިން ކުދިންގެ މަންމައެއްވެސް މެއެވެ.އެ ތިން ދަރިންނަކީ އޭނާ އެޑޮޕްޓްކުރި ތިން ދަރިންނެވެ. އޭނާ ބުނެފައިވާގޮތުގައި، ދަރިންގެ ހައްގުގައި ކޮންމެ ކަމެއް ކުރަންވެސް އޭނާ ހުރީ ތައްޔާރަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖޮއްބެ

    ބަރަހަނާ ފިލްމުކުޅޭމީހަކު ނޫނީ ފިލްމު ކުޅުވާނެ މީހަކު ނެތީބާ؟

  2. ޒާ

    މޮޅު ފިލްމިސްޓާރަކަށް ވުމަށްޓަކައި ބަރަހަނާ މަންޒަރުތައް ކުޅުމީ އެމީހުން ކާމިޔާބު ހޯދަންކުރާކަމަކީތަ؟

  3. ޢައިޒް

    ޥަރައް ގޮތެއްނެއް އަންހެނެއް ތިޔައި...

  4. ާހައްވަ

    އޭނާ ކޮންމެގޮތަކަށް ކަންކުރިކަމައް ވިޔަސް މުޖްތަމްއަށް އެކޮށްދެނީ ވ ބޮޑުކަމެ