އެންބިއުލެންސްގެ ޚިދުމަތް ނުލިބުމުން އިންޑިޔާގެ މަދިޔަ ޕްރަދޭޝްގައި ބަހެއްގެ ތެރެއަށް އަންހެނަކު ވިހައިފިއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ އަންހެނަކު ވިހާފައިވަނީ ވިހެއުމަށްޓަކައި ހޮސްޕިޓަލްއަށް ގެންދިޔަ ދިޔަ މަގުތީގައި ކަމަށާއި އަދި ހޮސްޕިޓަލްއަށް މިމީހާ ގެންދިއުމަށް އެންބިއުލެންސްއަށް ގުޅި ކަމަށާއި ނަމަވެސް އެޚިދުމަތް ދެވެން ނެތް ކަމަށް ހޮސްޕިޓަލްއިން ބުނި ކަމަށެވެ.

" އަންހެނުން ވޯޓަރ ބްރޭކް ވީމަ ފުރަތަމަ ގުޅީ ހޮސްޕިޓަލްއަށް. ހޮސްޕިޓަލްއިން ފޯންއެއް ނުނެގި. ވަރަށް ގިނަ ފަހަރު ގުޅައިގެން ނެގީ. ނަގާފަވެސް ބުނީ އެންބިއުލޭންސްއެއް ނެތޭ. " މި އަންހެން މީހާގެ ފިރިމީހާ ބޭރުގެ މީޑިޔާތަކަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވެއެވެ.

މިއަންހެން މީހާގެ ފިރިމީހާ ބުނެފައިވަނީ އޭނާގެ އަނބިމީހާ ވިހާފައިވަނީ އެއްވެސް ކަހަލަ ސިއްޙީ އެހީތެރި ކަމެއްނެތި ބަހެއްގައި ކަމަށާއި މިކަމުގެ ޒިންމާ ހޮސްޕިޓަލްއިން ނަގަން ޖެހޭ ކަމަށެވެ.

މީގެ ކުރިންވެސް އިންޑިޔާގެ ޓްރެފިކްގެ ސަބަބަބުން މަގުމައްޗަށް އަންހެނަކުވަނީ ވިހާފައެެވެ.

ކިޔުންތެރިންގެ ހިޔާލު