ބޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް އަދި އިންޓަނޭޝަނަލް ތަރި ޕްރިޔަންކާ ޗޯޕްރާ އޭނާގެ ކުރިއަށް އޮތް ހޮލީވުޑް ފިލްމު "އިޒިންޓް އިޓް ރޮމޭންޓިކް" ގެ ޝޫޓިންގެ މަސައްކަތް ފަށައިފައިވާއިރު، މި ފިލްމްގެ ލަވައަކަށް މަގުމަތީގައި ވެސް ދާދިފަހުން އޭނާ ވަނީ ނަށާފައެވެ. މި ފިލްމުގައި ޕްރިޔަންކާއާއިއެކު ހަރަކާތްތެރިވާ ރެބެލް ވިލްސަނާއި އެޑަމް ޑިވައިންއާއި ލިއަމް ހެމްސްވޯތް ވެސް ވަނީ މި ލަވައިގެ ޝޫޓިންގައި ބައިވެރިވެފައެވެ. ފާހަގަކޮށްލެވޭ ކަމަކީ ލަވައެއްގެ ޝޫޓިންއަކަށްވުރެ ބޮޑަށް އެ މަންޒަރު ސިފަވަނީ މާ އުފާވެރި މަޖާކޮށްކަމެވެ. ރެބެލް އޭނާގެ ޓުވިޓާ އެކައުންޓްގައި ޕޯސްޓްކުރި ފޮޓޯ މިކަމަށް ހެކި ދޭނެއެވެ.

ފިޔާތޮށި ކުލައެއްގެ ހެނދުމެއްގައި ހުރި ޕްރިޔަންކާގެ މޫނުމަތިން ނުހަނު އުފާވެރިކަމާއި ހިނިތުންވުން ފެންނަން ހުރިއިރު، އޭނާގެ ގާތުގައި ރަތްކުލައިގެ ހެނދުމެއްގައި ހުރި ރެބެލްވެސް ހުރީ ވަރަށް މަޖާވެފައެވެ. ރެބެލް އަތްތިލަ ބަޑި ޖަހަނިކޮށް ނަގައިފައިވާ މި ފޮޓޯއިން ހަމަގައިމުވެސް ޝޫޓިންގެ ތެރެއިން ކޮންމެވެސް ކަމަކަށްވަރަށް ފޯރި އަރައިފައިވާހެން ހީވެއެވެ.

https://twitter.com/RebelWilson/status/1018945047662915586?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1018945047662915586&ref_url=https%3A%2F%2Fwww.pinkvilla.com%2Fentertainment%2Fphotos%2Fisnt-it-romantic-its-priyanka-chopra-vs-rebel-wilson-they-show-their-indian-australian-dance-moves-419907

ރެބެލް ފޮޓޯއަކާއިއެކު ކުރި އޭނާގެ ޕޯސްޓް، ރެބެލް ސިފަކުރަނީ އޮސްޓްރޭލިއާއި އިންޑިއާގެ ނެށުމުގެ މެޗެއްގެ ގޮތުގައިއެވެ.

މި ފޮޓޯގެ އިތުރުން، ދެވަނަ ދުވަހުގެ ޝޫޓިންއަށްފަހު ވެސް ރެބެލްވަނީ މުޅި ކާސްޓުގެ ގްރޫޕް ފޮޓޯއެއް ވެސް އޭނާގެ ޓުވިޓާ އެކައުންޓްގައި ޕޯސްޓުކޮށްފައެވެ. އަދި މި ޕޯސްޓްގައި އޭނާވަނީ ލީޑްތަރިންގެ މަސައްކަތްތަށް ޝޫޓިންގައި ހުންނަ ގޮތުގެ ކުޑަ ތަޢާރަފެއް ވެސް ލިޔެފައެވެ.