މި މަހުގެ 20 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ބޮލީވުޑް ފިލްމު "ދަޑަކް" ގެ ޕްރޮމޯޝަނަލްގެ ކަންތައްތައްކުގައި ފިލްމުގެ ލީޑިން އެކްޓަރުން ކަމުގައިވާ އެކްޓަރު އިޝާން ކައްޓަރާއި އެކްޓްރެސް ޖަންވީ ކަޕޫރް އަވަދިނެތި އުޅެމުންދާއިރު، މިހާރުވެސް މިދެތަރިން ވަނީ އެކި ހިސާބުތަކަށް ދަތުރުކޮށް ފިލްމު ޕޮރޮމޯޓް ކޮށްފައެވެ. މިފަދަ ކަންތައްތައްކުގައި އުޅެމުންދާއިރު، އެތަކެއް ސުވާލުތަކެއް ކުރިމަތިވި ނަމަވެސް ޖަންވީ އެފަދަ ހުރިހާ ސުވާލުތަކަކަށްވެސް ދަނީ ޖަވާބު ދެމުންނެވެ. އެގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ޖަންވީ ވަނީ އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާންއާއި އެއްވެސް ވަރެއްގެ ވާދަވެރިވެރިކަމެއް ނޯންނާނެ ކަމަށް ބުނެފައެވެ.

ޖަންވީ މިހާރު އޭނާގެ ދެވަނަ ފިލްމަކާއި ހަވާލުވެގެން އުޅޭ ކަމަށްވެސް ވަނީ އަޑު ފެތުރިފައެވެ. ނަމަވެސް ޖަންވީ އެކަމަެއްގެ ރައްދެއްގެ ގޮތުން ބުނެފައިވަނީ އޭނާ ވެސް މީހުން އެހެން ކިޔަނިކޮށް އަޑުއަހައިފައިވާ ކަމަށާއި "ދަޑަކް" ގެ ޕްރޮމޯޝަނަލް ކަންތައްތައް ނިމުމުން ނޫނީ ދެވަނަ ފިލްމެއްގެ ހިޔާލުވެސް ނުކުރާ ކަމަށެވެ. އަދި އެއީ "ދަޑަކް"އަކީ އޭނާގެ އެންމެ ފުރަަތަމަ ބޮލީވުޑް ފިލްމަށް ވުމުން ތަންކޮޅެއް ހަމަޖެހިލައިގެން ފުރަތަމަ ފިލްމުގެ މަސައްކަތްތައް ކުރުމަށް ކަމަށްވެސް ޖަންވީ ވަނީ ބުނެފައެވެ.

އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު، ސާރާ އަލީ ޚާންވެސް ބޮލީވުޑަށް ނިކުމެފައިވަނީ ޖަންވީއާއި ދާދި އެއްކޮށްގެނެވެ، ސާރާގެ ބޮލީވުޑްގެ ފުރަތަމަ ފިލްމު "ކަދާނަތް' އަށްފަހޫ އޭނާ ވަނީ މިހާޜު ދެވަނަ ފިލްމެއްގެ ގޮތުން ޑައިރެކްޓަރު ރޯހިތް ޝެޓީގެ "ސިންބާ"އަށް ސޮއި ކޮށްފައެވެ.

"އަހަަރެންނާއި ސާރާއާއި ދެމެދު އެއްވެސް ވާދަވެރި ކަމެއް ނޯންނާނެ. ސާރާގެ ފިލްމްތައް އަހަރެން ބަލާނީ އޯޑިއެސްއެއްގެ ގޮތަށް. އެއީ އަހަރެން ދެކޭ ގޮތުގައި އަންހެނަކު އެކަކު އަނެއްކަކަށް ސަޕޯޓް ދޭންވާނެ. އަމުދުން މި ދާއިރާގަ" ޖަންވީ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު