ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސަލްމާން ޚާން އޭނާގެ ކުރިއަށް އޮތް ފިލްމު "ބަރަޓް"ގެ މަސައްކަތްތައް ފެށުމުގެ ކުރިން އަމިއްލައަށް ވަގުތުކޮޅެއް ހެދަކޮށްލުމަށްޓަކައި މިވަގުތު ހުރީ ދުބާއީގައެވެ. ބޯ ހަމަ ޖައްސާލުމަށްޓަކައި ސަލްމާން ދަނީ ދުބާއީގެ އެކި ތަންތަނަށް ޒިޔާރަތް ކުރަމުންނެވެ. ނަމަވެސް ސަލްމާން ޒިޔާރަތް ކުރާ އެއްވެސް ތަނަކުން ބަޔަކު މީހުންނަށް ސަލްމާން ވަކިކުރަން ނޭނގެ، އަޅާ ނުލާ ތިބެފާނެހެން ހީވޭހެއްޔެވެ؟ އާނއެކެވެ. ސަލްމާންގެ ދުބާއީގެ މި ދަތުރުގައި މިފަހަރު މިއޮތީ އެފަދަ ކަމަކާވެސް ކުރިމަތިލާން ޖެހިފައެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުން ދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، ސަލްމާން ދުބާއީގެ މޯލެއްގައި ހިނގަމުން ދިޔައިރުވެސް އެއްވެސް މީހަކަށް އޭނާ ވަކިކުރާކަށް ނޭނގުނެވެ. އެހެން ފަހަރު ފަހަރުހެން ވަށާލާ، މީހުން ވެސް އެއް ބޮނޑިވެ އެއްވެ ނުހަދައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ސަލްމާން ހުރީ ކަޅު ކުލަިއގެ ޓީޝާޓަކާއި ނޫ ޖިންސެއް ލައިގެންނެވެ. އަދި އޭނާގެ ބޮލުގައި ތޮއްޕެއްވެސް އޮތެވެ.

https://www.instagram.com/p/BlPYGvEne2c/?utm_source=ig_embed

 

ސަލްމާންއާއިއެކު އޭނާގެ ބޮޑީ ގާރޑް ޝެރާ ދިޔަ ނަމަވެސް އޭނާ ހުރީ ތަންކޮޅެއް ދުރުގައެވެ.

"100 ހައެސްޓް ޕެއިޑް ސެލެބްރިޓީސް"ގެ ލިސްޓުގެ 82 ވަނައިގައި އުޅޭ ސަލްމާންގެ ފިލްމީ ޝެޑިއުލް 2020 ވަނަ އަހަރާ ހަމައަށްވެސް ފުލްވެފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

މިފަދަ ފިލްމުތަކަށް އެހާ ޑިމާންޑް އޮންނަ ނުވިތާކު ގިނަ ކާމިޔާބީ ތަކެއް މިދާއިރާއިން ހޯދައިފަިއވާ ސަލްމާން ފަދަ ކުޅަދާނަ ސެލެބްރިޓީއަކު މަގެއްގެ މަތިން ފެނުމުން މީހުންގެ ސަމާލުކަން ނުލިބުމުން މި ކަންތައް ވެފައިވަނީ ގިނަ ބަޔަކު ތުންތުން މަތިން ދައްކާ ވާހަކައަކަށެވެ.