އެމެރިކާގެ ރައީސް ބަރަކް އޮމާގެ ދޮށީ ދަރިކަނބަލުން މާލިއާ އޮބާމާ ލޯބިވެރިޔާ އާއި އެކު ފްރާންސްގެ ވެރިރަށް ޕެރިހަށް ގޮސް އުޅެނިކޮށް ނޫސްވެރިންނަށް ފެނިއްޖެއެވެ.

މާލިއާ ލޯބިވެރިޔާ ރޯރީ ފާހާސަން އާއި އެކު ޕެރިހަށް ގޮސް އުޅެނިކޮށް ބިޔޯންސޭގެ ކޮންސެޓެއް ބަލަން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޯރީ އަކީ އިނގިރޭސިވިލާތުގެ ޒުވާނެއް ކަމަށްވެއެވެ. ރޯރީ އާއި މާލިއާ ބައްދަލުވީ މިދިޔަ އަހަރު ހަވާޑް ޔުނިވަސިޓީ އިންނެވެ. ދެމީހުންގެ ގުޅުން ބަދަހިވެ ދެމީހުން އެކުގައި ފެންނަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުން ފެށިގެންނެވެ.

މީގެ ކުރިން ވެސް މާލިއާ އާއި ރޯރީ ވަރަށް ގިނަ ހަފްލާތަކުން ފެނިފައިވެއެވެ. ނަމަވެސް މާލިއާ އަދި މިހާތަނަށް އޭނާގެ ލޯބިވެރިޔާ ބައްޕަ އޮބާމާ އާއި މަންމަ މިޝޭލް އަށް ތައާރަފްކޮށް ނުދޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

https://twitter.com/PRConsulting/status/1019214074020876288

މާލިއާ ޔުނިވަސިޓީގައި ކިޔަވަމުން އަންނާތީ އޭނާ ގިނައިން އުޅެނީ އާއިލާ އާއި ވަކިންނެވެ. ވަރަށް މަދު ފަހަރަކު ނޫނީ އޭނާ ބައްޕަ އާއި މަންމަ ކައިރިއަށް ޒިޔާރަތެއް ނުކުރެއެވެ.

އޮބާމާ އާއި މިޝޭލް މިހާރުވެސް ދިރިއުޅެމުން ގެންދަނީ ވޮޝިންޓަންގައެވެ. އެއީ ކުޑަ ދަރިފުޅު ޝާޝާގެ ސްކޫލް ފުރިހަމަ ކުރެވެންދެނެވެ.