ވިހެއުމާއި ގުޅިގެން އަންހެނުންގެ އުމުރު ކުރުވާކަމަށް ދާދި ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ. މި ދާރާސާއިން ހާމަވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުންނާއި "ފަލަ" ބަލީގެ ސަބަބުން އުމުރު ކުރުވުމާއި އަޅާބަލާއިރު، ގިނަ އަންހެނުންގެ އުމުރު ކުރުވަނީ ވިހެއުމުގެ މަރުހަލާއާއި ހިސާބުންނެވެ. އެއީ ގާތްގަނޑަކަށް 4.2 އިންސައްތައެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އުމުރު ކުރުވުން އަންހެނުންނާއި ގުޅިފައިވާ ކަމަށް ލަފާކުރެވެނީ، ދަރިން ބަލާ ބޮޑުކުރުމުގައި އަންހެނުންގެ ދައުރު ބޮޑުކަމުންނެވެ. ވަކިން ޚާއްސަ ގޮތެއްގައި ވިހެއުމާއި ގުޅިގެން "މެޓާރނިޓީ ލީވް" ފަދަ ޗުއްޓީތައް ވެސް ނުލިބޭ ފަދަ ޤައުމުތަކުގެ އަންހެނުން ތަހައްމަލު ކުރާ ހާސް ވުންތަކުގެ ސަަބަބުން ކަމަށެވެ.

 

އުމުރު ކުރުވެޔޭ ކިޔާ، އަންހެނުން ވިހެއުމާއި ދުރުވެދާނެ ކަމުގެ ބިރަށް މިހާރު މިވަނީ އެކަށޭނެ ހައްލެއް ސައިންސްވެރިން ހޯދާފައެވެ. މިގޮތުން"ބިކާރބޮނޭޓް ސޮޑާ" އަކީ މިކަމަށް އެކަށޭނެ ހައްލެއް ކަމަށް ދިރާސާ ކުރާ ބައެއް ފަރާތްތަކުން އިއްތިފާޤު ވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މިހާރު "ސްޕާރމާރކެޓް' ތަކުން ވެސް މި ލިބެން އެބަހުއްޓެވެ. އެހެންކަމުން، ވިހެއުން މުޅިން ހުއްޓުވުމަކަށް ގެނައުމުގެ ބަދަލުގައި މިހާރު މި ފަދަ ފަސޭހަ ގޮތްތަށް ބޭނުން ކުރެވިދާނެއެވެ.