އިނގިރޭސި ރާނީ އެލިޒަބަތުގެ ސިއްހީ ހާލުކޮޅު ފާއިތުވި މަސްތަކުގައި ދަށަށް ދާން ފަށާފައިވާ އިރު އެކަމަނާ އެއްތަނުން އަނެއް ތަނުން ދަތުރުކުރުމުގައި ފަސޭހައަކަށް ފުރޮޅުލީ ގޮނޑިއެއްގެ އެހީ ހޯއްދެވުމަށް ދެއްވި ހިޔާލަށް ދެކޮޅު ހައްދަވައިފިއެވެ.

ރާނީ މިކަމާ ދެކޮޅު ހެއްދެވި އިރު ފާއިތުވި ދުވަސްތަކުގައި އެކަމަނާ ތަންތަނަށް ދަތުރުކުރެއްވުމުގައި އުނދަގޫތަކާ ކުރިމަތިލައްވަން ޖެހިފައިވާ ކަމުގެ ރިޕޯޓްތައް ވަނީ މީޑިއާގައި ގަދަވެފައެވެ.

ބޭރުގެ ނޫހެއް ކަމަށްވާ ޑެއިލީ މެއިލްގެ ރިޕޯޓެއްގައި ވާގޮތުން އެކަމަނާ ވީލްޗެއާ ބޭނުން ކުރުމާ ވަނީ ދެކޮޅު ހައްދަވާފައެވެ. އުމުރުފުޅުން 95 އަހަރުގެ ރާނީގެ ސިއްހީ ހާލުކޮޅު ގޯސްވަމުން ދިޔަ ނަމަވެސް ކުރިއަށް އޮތް ހަފްތާގައި ރާވާފައިވާ ރަސްމީ ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމަށް ’ރޯޔަލް ބަޔޮގްރަފީ‘ ލިޔުއްވާ ޕެނީ ޖުނޫރު ވަނީ ވިދާޅުވެފައެވެ.

ރާނީ ފުރޮޅުލީ ގޮނޑި ބޭނުން ކުރައްވަން ދެކޮޅު ހެއްދެވި ކަމަށްވެސް ހާމަކޮށްފައި ވަނީ ޕެނީ ޖުނޫރުއެވެ.

”ރާނީ އާދަޔާ ހިލާފު އެވެ. އެކަމަނާ ވަރަށް ވަރުގަދަ ހިތްވަރަކާއެކު އަހަރުތަކެއް ވަންދެން ކުރިއަށް ވަޑައިގެންނެވި ނަމަވެސް އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭ އެކަމަނާއަކީ 95 އަހަރުގެ ބޭފުޅެއް ކަން، ސުޕަހިއުމަން ނޫންކަން،" ޖުނޫރު ވިދާޅުވި އެވެ.

ޖުނޫރް ވިދާޅުވީ ރާނީ ގެ ހާލުކޮޅު ކިތަންމެ ބޮޑަށް ގޯސްވި ނަމަވެސް، ރާނީ އަށް އެހީތެރިވުމަށް ގަނޑުވަރުން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އެކަމަނާގެ ހާލުކޮޅުގެ މައުލޫމާތު އަބަދުވެސް ދެއްވަވާނެ ކަމަށެވެ.

ރާނީ އެލިޒަބަތް ދޭއް އަށް މިދިޔަ މަހު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ވެސް ކުރިމަތިލާން ޖެހިވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރެފްރީ

    ތަޚުތުގަފޮރޮޅުލާފަބައިންދާ އެއިރުންގަބޫލުފުޅުކުރައްވަފާނެ ..

    23
  2. ޟ

    ކިތަށް ދުވަހު ހުންނަންބާ

    17
  3. ދަރަނި ދަންތުރަ

    މަރުވާނެ ދެނޯ ؟

    10
  4. އަލްޖިބްރާ

    ފުރޮޅުލީ ގޮޑީގަ އިދެގެން ތަންތަނަށް ދާން ބޭނުން ނުވަނީނަމަ އަމިއްލައަށް ހިގާފަ ދޭބަލަ !ތިޔަހާ މޮޅީވިއްޔާ މުސްކުޅި ނުވާނެގޮތް ހޯދައިގެން ނޫޅުނީ ކީއްވެތަ ؟ ކިތަންމެ ވަރަކަށް ގޮތްދޫނުކޮށް އުޅުނަސް ތިރާނީވެސް މަރުވާނެ !

    10