ވެޓެރެން އެކްޓްރެސް ރީޓާ ބަދޫރީ ކިޑްނީގެ މައްސަލައަކަށް ފަރުވާ ހޯދުމަށް ހަފްތާއެއް ވަންދެން އެޓްމިޓްކޮށްފައި އޮތުމަށްފަހު އިއްޔެ މަރުވެއްޖެއެވެ.

ރީޓާ މަރުވެފައިވަނީ މުމްބާއީގައި ބޭސްފަރުވާ ހޯދަމުންދަނިކޮށް ކަމަށާއި އޭނާ މަރުވެފައިވަނީ ގަޑިން މެންދުރު 1:30 ހައިއިރު ކަމަށާއި ނަމަވެސް ރީޓާގެ އާއިލާއިން އޭނާގެ ހަށިގަނޑާއި ހަވާލުވެފައިވަނީ ހަވީރު 4 ޖަހަން އުޅެނިކޮށް ކަމަށް ސުޖޭ ހޮސްޕިޓަލާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

"ރޭގަ ވެސް އަހަރެމެން ހޮސްޕިޓަލްގައި ތިބިން ރީޓާ ކައިރި. އޭނާގެ ހާލަތު ރަނގަޅު ނޫންވީމަ މިއަދުގެ ޝޫޓިންވެސް ކެންސަލް ކުރިން. އަހަރެމެން މަޑުކުރަމުން ދިޔައީ ރީޓާ ރަނގަޅު ވެގެން އެނބުރި އާދެވޭނެ ދުވަހަކަށް. ރީޓާ އެންމެ ފަހުން ޝޫޓެއްވެސް ކުރީ 15 ވަރަކަށް ދުވަސްކުރިން" ރީޓާ ޝޫޓް ކުރަމުންދިޔަ ހިންދީ ޑްރާމާ "ނިމްކީ މުކިޔާ"ގެ ޕްރޮޑިއުސަރު ބުނެފައިވެއެވެ.

ރީޓާ މަރުވުމާއި ގުޅިގެން އެންމެންނަށް ފުން ހިތާމައެއް ލިބިފައިވާއިރު، ގިނަ އެކްޓަރުންތަކެއް ދަނީ އެމީހުންގެ މީސްމީޑިއާ އެކައުންޓް ތަކުގައި ރީޓާ މަރުވުމުން ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

އެތަކެއް ޓީވީ ޝޯތަކާއި ޑްރާމާ ސީރީޒްތަކެއްގެ މުހިންމު ރޯލުތަކުން އަބަދުވެސް ފެންނަ ރީޓާ ގިނަ ސީރީޒް ތަކުގައި ކުޅެނީ މަންމަ ނުވަތަ މާމަގެ ރޯލެވެ.

އުމުރުން 62 އަހަރުގައި ދުނިޔެ ދޫކުރި ރީޓާ، ކިޑްނީގެ މައްސަލަ ހުންނަ ކަން އެނގުމުންވެސް ފިލްމުކުޅުން ހުއްޓާލާފައެއް ނުވެއެވެ. އަދި އޭނާ ވަނީ ބައެއް ބޮލީވުޑް ފިލްމްތަކުންވެސް ފެނިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަމާރުމޯލްޑިވިއަން

    މަ ވެސް ދެރަ ވާނީ ހަމަ އެކަނި މުސްލިމުން މަރުވީމަ.އެއީ އަހަރެމެންގެ ރީތި އަހުލާގަކީ