އައިފޯންގެ ތެރެއިން އެންމެ ވަރުގަދަ އެއް ފޯނުކަމަށް ގިނަބަޔަކު ގަބޫލުކުރާ އެއް ފޯނަކީ އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން އެކްސްއެވެ. އެންމެން ބުނާ އެއް ވާހަކައަކީ އައިފޯން އެކްސް ވެއްޓުނަސް ހަލާކު ނުވާ ވާހަކައެވެ. އެހެން ނަމަވެސް އެއަށްވުރެ މި އައިފޯން 7 މާ ގަަދަ ތާއެވެ.

އަންހެނަކު ގެންގުޅުނު އައިފޯނެއް ވެއްޓުނީ 450 ފޫޓު މަތިންނެވެ. އެ ފޯނު ވެއްޓުނީ މޫދަށެވެ. މޫދުގައި ދެ ދުވަސްވަންދެން އެ ފޯނު އޮތްއިރު، ފޯނަށް ފެންވެސް ވަދެފައެއް ނުވެއެވެ. އެ ފޯން ބަރާރަށް މަސައްކަތްވެސް ކުރެއެވެ. އަދި ފޯނުގެ އެއްވެސް ކަހަލަ ބޮޑު ކޫރުމެއް އެޅިފައެއް ނުވެއެވެ.

ކަންސެލްގެ ފޯނު އޭނާ 450 ފޫޓު މަތިން ވައްޓާލާފައި ވަނީ އޭނާ ކަމެއް އެކްސްޕެރިމެންޓްކޮށްލުމުގެ ބޭނުމުގައެވެ. އޭނާ ބުނެފައިވާގޮތުގައި، އެއް ދުވަހެއްގައި އޭނާ ވީޑިޔޯއެއް ނަގަމުން ދަނިކޮށް އޭނާގެ އައިފޯން 7 ފޯނު ވެއްޓުމާއި ގުޅިގެން އެ ފޯނަކީ ވަރުގަަދަ ފޯނެއްކަން އަންގަން ވެގެން އެކްސްޕެރިމެންޓް ކޮށްލަން ބޭނުންވީއެވެ.

އެހެންވެ އޭނާ އަމިއްލައަށް ސްޓާ ފްލައިއެއްގައި އިނދެ 500 އެއްހާ ފޫޓު މަތިން އޭނާ ފޯނު ވައްޓާލިއިރު، އޭނާ އެ ފޯނު ހޯދުމަށް ބޭނުންކޮށްފައި ވަނީ "ފައިންޑް މައި އައިފޯން"އެެވެ. އަދި އެ މަންޒަރު ވީޑިޔޯވެސް ކުރިއެވެ.

އެތައް ބަޔަކު އޭނާ ނެގި އެ ވީޑިޔޯ ބެލިއެވެ. އެންމެން ބުނަމުން ދިޔައީ އެ ފޯނު މީހެއްގެ ގައިގާ ޖެހި އަނިޔާއެއް ނުލިބުމަކީ ނަސީބެއްކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު