އިންޑިއާގެ ލުކްހީ ވިލޭޖުގެ ސަރުކާރު ސްކޫލެއްގައި ކިޔަވަމުން ދަނީ އެންމެ ކުއްޖެކެވެ. ކިޔަވައި ދިނުމަށްވެސް ހުންނަނީ އެންމެ ޓީޗަރެކެވެ.

ޑާޔާ ކިޝާން ނަމަކަށް ކިޔާ އެ ޓީޗަރަކީ ސޯޝަލް ސްޓަޑީސް ކިޔަވަދޭ ޓީޗަރެއް ނަމަވެސް، އެ ސްކޫލަށް ކިޔަވަން އަންނަ ހަމައެކަނި އެ ކުއްޖާއަށް ހުރިހާ މާއްދާއެއް އޭނާ ކިޔަވާދެއެވެ. މަހެއްގެ މައްޗަށް 70000 ރުޕީސް ލިބޭ ޑާޔާއަށް އެންމެ އުނދަގޫ މާއްދާއަކީ ހިސާބު ނަމަވެސް އެ ސްކޫލަށް އެ އަންނަ ކުއްޖާއަށް އެ މާއްދާވެސް އޭނާ ކިޔަވާދެއެވެ.

އެ ސްކޫލަށް ކިޔަވަންދާ ހަމައެކަނި ކުއްޖާއަކީ ކުސުމް ކުމާރްއެވެ. އޭނާއަކީ މިހާރު ގްރޭޑް7 ގައި ތައުލީމް ހާސިލްކުރަމުންދާ ކުއްޖެކެވެ.

ކުސުމް ބުނާގޮތުގައި، އެ ސްކޫލަށް އޭނާ އެކަނި ކިޔަވަން ދާތީ އުނދަގުލެއް ނުވެއެވެ. އަދި އެކަން އޭނާއަށް މައްސަލައަކަށް ނުވެއެވެ. "އެކަމަކު ރަހުމަތްތެރިން މަތިން ވަރަށް ހަނދާންވޭ". އޭނާ ބުނެފައި ވެއެވެ.

އެ ސްކޫލްގައި އަލަށް ކްލާސް ރޫމްތަކެއް ދަނީ އަޅަމުންނެވެ. ނަމަވެސް އެތަން ބޭނުންކުރާނީ ގުދަނެއްގެ ގޮތުގައިކަމަށް ވެއެވެ. އާއްމުކޮށް އެ ސްކޫލްގައި ކުސުމް އާއި ޑާޝާ ތިބެނީ ބޭރުގައެވެ. ފިލާވަޅު ކިޔާދެނީ ވެސް ބޭރުގައި ތިބެގެންނެވެ.

އެ ސްކޫލް ކައިރީ އެހެން ސްކޫލެއްވެސް ހުރެއެވެ. އެ ސްކޫލަށް 21 ކުދިން ކިޔަވަން ދެއެވެ.

ޑާޔާއަކީ ހަމައެކަނި އޭނާ ކިޔަވަދޭ ސްކޫލްގެ ޓިޗަރެއް ނޫނެވެ. އެ ސްކޫލް ސާފްކޮށް ބަލަހައްޓަނީވެސް އޭނާއެވެ.

އެ ޓީޗަރު ބުނިގޮތުގައި، އެ ސްކޫލްގައި އެންމެ ކުއްޖަކު ކިޔަވާކަން އިނގެން ޖެހޭ ހުރިހާ ފަރާތްތަކަށް އިނގެއެވެ.އެހެން ނަަމަވެސް އެ ކުއްޖާ އެ ސްކޫލުން ކިޔަވަން ބޭނުންވާ ހިނދެއްގައި ކުރެވޭނެ އިތުރުކަމެއް ނޯންނާނެކަމަށް ޑާޔާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙާލިދު

    ދެންފެންނާނީ ތިޔަ ކުއްޖާ ރޭޕްކޮށްލާފަ އޮއްވަ

  2. މަމީ

    ތިސްކޫލުގައި ޖިންނިއެއްނޫޅޭބާ؟