މަޝްހޫރު ރިއަލިޓީ ޝޯވގެ ތަރި ކައިލީ ޖެނާ އޭނަގެ ދަރިފުޅު ސްޓޯމީ އަށް ލޯބިން ކިޔާނަން މީސްމީޑިއާގައި ހާމަކޮށްފިއެވެ.

ކައިލީ ސްޓޯމީއަށް ލޯބިން ލިޔަނީ "ޕީނަޓް" ކަން ވަނީ ހާމަކޮށްފައެވެ. ގިނަ ވަގުތު ދަރިފުޅާއި އެކު ހޭދަކުރަމުންދާ ކައިލީގެ ދައްތަ ކްލޯއީގެ ދަރިފުޅަށް ވެސް ލޯބިން ކިޔަނީ ޕީނަޓް އެވެ.

ކައިލީ އޭނާގެ ދަރިފުޅު ސްޓޯމީއަށް ލޯބިން ކިޔާ ނަން ހާމަކުރީ ކައިލީގެ ލޯބިވެރިއާ ޓްރެވިސްގެ ސުވާލަކަށް ޖަވާބުދެމުންނެވެ. ދަ ކައިލީ ކުއިޒް ކިޔާ މި ވީޑިއޯގައި ކައިލީ ވަނީ ގިނަ ސުވާލުތަކެއް ޓްރެވިސް އާއިވެސް ކޮށްފައެވެ.

އަލަށް މަންމައަކަށް ވުމުން، މިހާރު އުމުރުން ފަސް މަސް ފުރިފައިވާ ދަރިފުޅަށް ހާއްސަ އިސްކަމެއް ދެމުން އަންނަ މަޝްހޫރު ތަރި ކައިލީ ވަނީ އޭނާގެ ކުރިން ނޭނގޭ ސިއްރުތަށް މިވީޑިއޯގެ ޒަރިއާއިން ހިއްސާކޮށްފައެވެ.

ކައިލީ ވިހާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސެންޑައި ސިނައި އެލް އޭ ހޮސްޕިޓަލްގަ އެވެ. ކައިލީ ބަނޑުބޮޑުވެ ވިހާފައި ވަނީ މަޝްހޫރު ރެޕާ ޓްރާވިއާ ސްކޮޓްގެ ދަރިއަކަށެވެ.

ދެމަފިރިންގެ ޒުވާބާއި ހެދި ކުޑަ ކުޑަ ސްޓޯމީގެ ކުރިމަގު ބަނަވެފައިވާއިރު ކައިލީގެ ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު ރެޕަރ، ޓީގާ ވެސް ވަނީ ދަރިފުޅުގެ ބައްޕައަކީ ކާކު ކަމާއި މެދު ޝައްކު އުފެދިފައިވާކަން ދާދި ފަހުން ހާމަކޮށްފައެވެ.

އެމެރިކާގެ ކެލެފޯނިއާއަށް އުފަން ޓީގާއަކީ އެގައުމުގެ މަޝްހޫރު ރެޕާއެކެވެ. ޓިގާއާއި ކައިލީގެ ލޯބީގެ ހަޔާތް ނިމުމަކަށް އައީ ވޭތުވެދިޔަ އަހަރުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝިފަަާ

    އަހަރެމެންނަށް ކީއްތަ ދިރިފުކުމެޓާ ކިޔަސް!!

  2. ޙުސޭނު

    ކުއްތާ ކިޔަން ވީނު

  3. Anonymous2

    ދެމަފިރިންނޭ ލިޔެފަ އޮވެގެން ނުވާނެ. އަދި ކައިވެންޏެއް ނުކުރޭ

  4. ބެރީ

    މަވެސް މަގޭ ވައިފް އަށް ލޯބިން ކިޔަނީ ޕީނަޓް