ބޭބެ މަރާލުމުން މުޅި އާއިލާ ހިތާމަ ކުރިއެވެ. އެއީ ކިހިނެއް ވީކަމެއް ކަމެއް އާއިލާ މީހުންނަކަށް މާބޮޑަކަށް ކުރިން އެނގިފައެއް ނުވެއެވެ. ނަމަވެސް ދާދި ފަހުން އެވާހަކަތައް މި ވަނީ ޖިންނިއެއް ކިޔާދީފައެވެ.

ޖިންނިއަކީ ބޭބެކަމަށް ބެލެވޭއިރު، އޭނާ ވަދެފައި ވަނީ އޭނާގެ ކޮއްކޮގެ ހަށިގަނޑަށެވެ. ކޮއްކޮގެ ހަށިގަނޑަށް ވަދެ މުޅި ދުނިޔެއަށް އޭނާ ވަނީ އޭނާ މަރުވި ގޮތުގެ ވާހަކަ ކިޔާދީފައެވެ.

ޕިލިޕީންސްއަށް ނިސްބަތްވާ އަންހެން ކުއްޖާގެ ހަށިގަނޑަށް ވަދެގެން އުޅޭ ޖިންނިއެއް އޭނާއަށް ކިޔާދިން ގޮތުގައި، އޭނާގެ ބޭބެ މަރާލީއެވެ. އެ ކުއްޖާގެ ހަށިގަނޑަށް ޖިންނި ވަދެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެއީ އޭނާގެ ބޭބެ މަރާލިތާ ތިން މަސް ފަހުންނެވެ. އެ އަންހެން ކުއްޖާ ކިޔާދިން ގޮތުގައި، ބޭބެ މަރާލާފައި ވަނީ އެތައް އިރެއް ވަންދެން އަނިޔާ ކުރުމަށް ފަހު ބަޑިއެއް ޖަހައިގެންނެވެ.

"އެ މީހުން އަހަންނަށް އަނިޔާކުރީ. ހަތް ފަހަރަށް އަހަރެންގެ ގަޔަށް ބަޑި ޖެހި. އެއީ ގޭންގް ސްޓާރުންތަކެއް. އަޑުއަހާ. އެ މީހުން އަހަރެން މަރާލީ". އެ އަންހެން ކުއްޖާގެ ހަށިގަނޑަށް ޖިންނި ވަދެގެން ދެއްކި ވާހަކަތަކުގައި ބުނެފައި ވެެއެވެ.

މިިދިޔަ މާރިޗް މަސް ތެރޭގައި އެ އަންހެން ކުއްޖާގެ ބޭބެ މަރާލީ ޑްރަގް ޑީލަރުންތަކެކެވެ، އެކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެ އަންހެން ކުއްޖާ ބުނިގޮތުގައި، އޭނާ އަވަލަވާފައި ވަނީ އޭނާގެ ބޭބެގެ ސޫރައިގާވާ ޖިންނިއެކެވެ. އެ ކުއްޖާ އެނދުމަތީ އޮވެގެން ރޯ ތަން ފެންނަ މަންޒަރު ވީޑިޔޯއެއް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

"އެ މީހުން ކައިރީ އަހަރެން އާދޭސް ކުރިން އަހަރެން މަރާނުލާން. އަހަރެން ބުނި އަހަރެން ޖަލަށް ލިޔަސް ވަރިކަމަށް"ޖިންނި އަވަލަވާފައިވާ އެ ކުއްޖާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސެން

    މަރުވެފަ ތިބޭ މީހުންނަށް ވާހަކަ ދެއްކޭތަ. ޖިންނި ދައްކާ ވާހަކަ ވެސް ޤަބޫލު ކޮށްގެން ނުވާނެ