އިންޑިއާގައި ބައްޕަ އާއި ބޭބެ، ކާފަ އަދި ބޮޑުބޭބެވެގެން 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު އެކި ފަހަރު މަތިން ރޭޕް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ އެކުއްޖާ އެންމެ ފުރަތަމަ ރޭޕް ކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. ކުއްޖާއާއި އެންމެ ގާތް މީހުން އޭރު ކުއްޖާގެ ގަޔަށް އަތްލައި ގޮތް ގޮތަށް އުޅުނު ނަމަވެސް ކުއްޖާއަށް އެއީ ނުބައި ނިޔަތެއްގައި ކުރާ ކަމެއް ކަން އެނގިފައިވަނީ ސްކޫލުގައި ކިޔަވައި ދިން ފިލާވަޅެއްގެ ސަބަބުންނެވެ.

އިންޑިއާ ފުލުހުން ބުނެފައިވަނީ ކުއްޖާއަށް އެކަން އެނގުނުއިރު، އެމީހުން އެކަން ކުރާތާ ފަސް އަހަރު ވެފައިވާ ކަމަށެވެ. ކުއްޖާގެ ބޭބެ ކުއްޖާއަށް ޖިންސީ އަނިޔާ ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި އެ މުއްދަތުގައި ކުއްޖާއަށް އެކި ގޮތްގޮތުން ޖިންސީ އަނިޔާ ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.

މި މައްސަލައާއި ގުޅިގެން އުމުރުން 45 އަހަރުގެ ކުއްޖާގެ ބައްޕަ، 60 އަހަރުގެ ކާފަ އަދި 25 އަހަރުން ދަށުގެ ބޮޑު ބޭބެ އަދި ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް އެ މީހުންނާއި ގުޅޭ މައްސަލަތައް ވަނީ ބަލަން ފަށައިފައެވެ.

ފުލުހުން ބުނީ، ހަތަރު މީހަކު ވެގެން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރަމުން ގޮސްފައި ވަނީ އެކި ދުވަހު އެކި ފަހަރުގެ މަތިންނެވެ. އެހެންކަމުން މިއީ އެކަކު އަނެކަކަށް އެނގިގެން ހިނގާ ކަމެއް ކަން ނުވަތަ ނޫންކަން ސާފެއް ނޫނެވެ.

އިންޑިއާގައި ކުޑަކުދިންނާއި އަންހެނުން ރޭޕް ކުރުމަކީ އާ ކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ގޮތަކަށް އެގައުމުގައި އެފަދަ ހާދިސާތައް ފެންމަތިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އިންޑިއާގައި ތިއީ އާންމު ކަމެކޭ. ހިންދީ ފިލްމުތަކުން ވެސް ތިކަން އާންމުކޮށް ފެނެޔޭ. ރޭޕްކުރުމަކީ ގެރިމޯދީ ވަރަށް އުފާވާ ކަމެކޭ. އެހެންވެގެންނޭ އިންޑިއާގައި އެހާ ގިނައިން ރޭޕްކުރަނީ.

    28
    2