މަންމައަކާމެދު ދަރިއެއްގެ ހިތުގައި އޮންނަ ކުލުނަކީ ވަރަށްވެސް ފުން އަދި މަތިވެރި އިޙްސާސްއެކެވެ. ނަމެވެސް ދަހިވެތިކަން ތިމާގެ ހިތުގައި އަށަގެންފިނަމަ މިފަދަ ގުޅުމެއްގެ މަތިން ހަނދާން ނެތެއެވެ. މިފަހަރުވެސް ކަންދިމާ ކުރީ މިފަދަ ގޮތަކަށެވެ.

އިންޑިޔާގެ ލަކްނައުގައި ދަރިޔަކު އޭނާގެ މަންމަ މަރާލާފައިމިވަނީ މުދަލުގެ ދަހިވެތި ކަމުގައެވެ. އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 30 އަހަރުގެ މިމީހާ އޭނާގެ 55 އަހަރުގެ މަންމަ މަރާލާފައިވަނީ ލޮލަށް ދަގަނޑު ގަޑެއް ހަރާލައިގެން ކަމަށާއި މިކަން ކޮށްފައިވަނީ އޭނާގެ މަންމަގެ އަތުގައި އޮތް ބިމެއް އޭނާގެ ފިރިމީހާގެ ބޭސްފަރުވާއަށް ވިއްކާލުމަށް އުޅޭތީ ކަމަށެވެ.

ފުލުހުންނަށް މިމައްސަލަ ހުށަހަޅާފައިވަނީ 30 އަހަރުގެ މިމީހާގެ ދަރިފުޅެވެ. އޭނާގެ 16 އަހަރުގެ ދަރިފުޅު ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވަނީ މިކުއްޖާގެ ބައްޕަ، މާމަ މަރާލާފައިވަނީ މާމަގެ އަތުގައި އޮތް ބިމެއް ކާފަގެ ބޭސްފަރުވާ ކުރުމަށް ލާރި ނެތުމުން ވިއްކާލަން އުޅޭތީ ކަމަށެވެ. އަދި މާމަ މިބިމަކީ އޭނާގެ ބިމެއް ކަމުން ބައްޕަ ރުޅި އައިސްގެން މާމަގެ ލޮލަށް ދަގަނޑު ބުރިއެއް ހަރާލި ކަމަށްވެސް މިކުއްޖާ ބުނެފައިވެއެވެ.

މިކުއްޖާ އިތުުރަށް ބުނެފައިވަނީ މިގޮތަށް ކަންތައް ކުރުމަށްފަހު މާމައަށް އެހީތެރިވުމުގެ ބަދަލުގައި ބައްޕަ ފިލީ ކަމަށާއި ގެ ކައިރީގައި އުޅޭ މީހުންގެ އެހީތެރި ކަމާއެކު މާމަ ހޮސްޕިޓަލްއަށް ގެންދިޔައިރު މާމަ މަރުވެފައިވާ ކަމަށެވެ.

މިމައްސަލައިގައި 30 އަހަރުގެ ފިރިހެން މީހާ މިހާރު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އި

    استغفر الله