ކައިވެނި ކޮށްގެން އުޅޭ މީހުންނާއި ކައިވެނި ކުރަން އުޅޭ މީހުންނަށް ވެސް ލިބޭ އެންމެ ބޮޑު ހިތްދަތިކަމަކީ ލޮލުގެ ކޮއެ ފަދައިން ލޯބިވެގެން އުޅޭ ހަޔާތުގެ ބައިވެރިޔާ އެހެން ލޯބިވެރިޔަކު ސިއްރުން ގެންގުޅޭކަން ބޭޒަރުވުމެވެ. ލޯބިވާ މީހަކު ސިއްރު ލޯބިވެރިޔަކު ގެންގުޅުމަކީ ހަޤީޤީ ލޯބި އޭނާދެކެވާ އެއްވެސް މީހަކަށް ލިބޭ ހިތްހަމަޖެހުމަކަށް ނުވެއެވެ. އެކަން ވަނީ ވަރަށް ބޮޑު ހިތާމަައަކަށެވެ.

އެކި މީހުން ތަފާތު އުޒުތައް ދެއްކުމަށް ފަހު ސިއްރުން ލޯބިވެރިން ގެންގުޅުނު ނަމަވެސް ހަޤީޤަތުގައި ވަފާތެރި ހަޔާތުގެ ބައިވެރިޔަކަށް ބޭވަފާތެރި ވުމަށް ފަހު އެއީ ރަނގަޅަށް ކުރި ކަމެއްކަން އެއްވެސް މީހަކަށް ސާބިތުކޮށެއް ނުދެވޭނެއެވެ. އެކަން ސާބިތުކުރަން ކޮންމެ މީހަކު ވާހަކަ ދެއްކި ނަމަވެސް އެވާހަކައެއް ވާނީ ވަރަށް ހޮޅި ވާހަކައަކަށެވެ.

ވަފާތެރި ހަޔާތުގެ ބައިވެރިޔަކު ހުއްޓާ މީހުން ސިއްރު ލޯބިވެރިން ގެންގުޅެނީ ކީއްވެތޯ ބަލަން އިނގިރޭސިވިލާތުގައި ވަނީ ދާދިފަހުން ދިރާސާއެއް ކޮށްފައެވެ. 5000 މީހުން ބައިވެރިކޮށްގެން ކުރި އެދިރާސާގައި ބައިވެރިވި މީހުން ވަނީ ތަފާތު ޖަވާބުތަކެއް ދީފައެވެ.

ދިރާސާގައި ބައިވެރި މީހުންގެ ތެރެއިން 84 އިންސައްތަ މީހުން ބުނެފައި ވަނީ އެމީހުން ސިއްރު ލޯބިވެރިން ހޯދީ އެމީހުންގެ އިހްސާސްތައް ހަޔާތުގައި ބައިވެރިޔާ އަށް ނޭނގުމުންނެވެ. ނުވަތަ އެމީހުންގެ އިހްސާސްތަކަށް ހަޔާތުގެ ބައިވެރިޔާ އިހްތިރާމް ނުކުރުމުންނެވެ.

ދިރާސާގައި ބައިވެރި މީހުންނަށް އެއް ޖަވާބަށް ވުރެ ގިނަ ޖަވާބު ދިނުމުގެ ފުރުސަތު ވެސް ދިނެވެ. ބޭވަފާތެރިވި ދެވަނަ ސަބަބެއްގެ ގޮތުގައި އެންމެ ގިނަ މީހުން ބުނީ ހަޔާތުގެ ބައިވެރިޔާ އާއި އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ކުރުމުގެ ފުރުސަތު ނުލިބި މައްސަލަތައް ބޮއްސުންލައިގެން ދިއުމެވެ. އެއްވެސް ކަމެއްގައި ޚިޔާލު ބަދަނުކުރެވި ދެމީހުންގެ ދިރިއުޅުމަކީ ޕްރޮގްރާމް ކޮށްފައިވާ ރޮބޮޓްތަކެއް މަސައްކަތް ކުރާ ގޮތައް ކުރިއަށްދާ ކަމަށް ވުން ކަމަށް އެމީހުން ބުނެއެވެ.

ތިން ވަނަ އަށް އެންމެ ގިނަ މީހުން ބުނީ އެމީހުން އެދިރިއުޅުން މަތިން ފޫހިވީއެވެ. ނުވަތަ ވަރުބަލިވީއެވެ. ލޯބި ހޯދަން ފެށި ދަތުރުގައި ލޯބި ނުލިބުނީއެވެ. ބައިވެރިޔާ ވަފާތެރި ނަމަވެސް އޭނާގެ ކިބައިން އަޅާލުމާއި އޯގާތެރިކަން ނުލިބެނީއެވެ.

ހަތަރު ވަނަ އަށް އެންމެ ގިނަ މީހުން ބުނީ އެމީހުންގެ ދެމަފިރިކަމުގެ ގުޅުން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދިއުމަކީ އެމީހުން އިތުރު މީހެއްގެ ކައިރިއަށް ދާން ޖެހުނު ސަބަބު ކަމަށެވެ.

ފަސްވަނަ އަށް އެންމެ ގިނަ މީހުން ބުނީ އެމީހުން އެހެން ލޯބިވެރިޔަކު ހޯދަން ޖެހުނީ ބައިވެރިޔާގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބޭތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ާޫޫ މަަަރިޔަނާ

    ދުޮގު ހުސްދޮގު

    19
    2
  2. ސަރްނީ

    އަޅުގަނޑު ހެދި ދިރާސާއިން ދައްކަނީ.. ވަގު ބިޓުން ގެންގުޅެންޖެހެނީ މައިގަނޑު ގޮތެއްގައި ޖިންސީބޭނުން އުތުރިއަރާތީއާއި އަދި ފަސޭހަކަމާއެކު ބިޓުން ލިބޭތީއާއި މަގުމައްޗައް ނިކުތީމަ ފާޑުފާޑުގެ ތަފާތު ބާރު ހެދުންލާއިފަ ތިބޭ ކުދީން ގިނައިން ފެނުމެވެ.

    49
    8
    • ނާޝް

      ތީ ވަރަށް ބޮޑު ތެދެއް.... މިއުޅޭ ފިރިހެނުންގެ ގޮތް ކުޑަކަމުން.....

      29
      3
  3. އނނ

    ވަގުބިޓުން އެންމެގިނައިން ގެންގުޅެނީ ޝައިތާނާ އަހަރެމެންނަށް އެފަދަ ކަންތައްތައް ޒީނަތްތެރިކޮށްދޭތީ އަދި އެކަން ގަބޫލުކުރާތީ. މިކަމުގެ އެއް ހެއްކަކީ އެހެން އުޅޭމީހުންނަކީ އަހަރެމެން ދެެކޭގޮތުގައި ވަރަށް ގަޓުހުރި މީހުން. އަޅެ ދޮގެއްތަ؟

    19
    1
  4. ޙަރީބު

    މަ އެހެން އުޅެނީ އަނބި ގޮއްޔެ މަ ދެއަންބަށް އިންނަންޏާ ވަރިއަށްގޮވާ ހެއްދެވިހާ ކޮސް ގޮވާތީ..
    ބިޓުން ގެނއގުޅެން އެކަމް. ނުބީހެންޏާ އަންހެން ވެރިންނަށް ކަނޑާއި ހަމަ..

    8
    12
    • އަންހެނެއް

      އަނބި މީހާ އަށް ވިސްނަދީ ދީނުގަ ހަތަރު އަނބިން ހުއްދަ ވާ ސަބަބާއި ޙާލަތްތައް
      އަދި ހިލޭ އަންހެނެއް ކައިރިއަށް ދިއްމަށް ވުރެ ހެޔޮކަނއ ބޮޑީ ގިނަ އަނބީން ހޯދުންކަން
      ދެން ހަމަހަމަ ކުރެވޭނަމަ އެކަން ކުރުން އޭކީ މައްސަލައެއްނޫން

      5
      10
    • betu

      Dofi . Naahama yageenbaa thee thedu kamah

  5. މަވެސް

    ބައެއް ފަހަރު ހިތާމަވެރިކަމާ އެކަނިވެރިކަން ތެރޭގައި މީހާ ގެއްލިފައިވަނިކޮށް އަޅާލުމާ ހިއްވަރުދޭނެ މީހެއް ލިބުނީމަ ލޯބިވެވޭ..އެއްވެސް ބިޓެއް ހޯދުމުގެ ގަސްތެއް ނެތަސް ހާލަތު ހުރިގޮތުން ހަމަ ވެދާނެ..މަވެސް..

    7
    2