މީގެ 18 އަހަރު ކުރިން މިހާރު މުޅި ދުނިޔޭގެ އެންމެން ދަންނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ މިސް އިންޑިއާ(ރަނަ ރަޕް) އަދި މިސް ވޯލްޑްގެ ތާޖު އެޅުވުނެވެ. އެއަށްފަހު އޭނާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައެވެ.

އެހެން ނަމަވެސް ޕްރިޔަންކާ މިސް އިންޑިއާއަށް ހޮވަން ވެގެން އުޅުމުގެ ތެރޭގައި ޖޫރީ މެންބަރަކު ވަނީ ޕްރިޔަންކާގެ ކަޅުކަމަށް ފާޑުކިޔާފައެވެ.

އޭނާ ބުނިގޮތުގައި، ޕްރިޔަންކާ މިސް އިންޑިއާ އެވޯޑް ދިނުމަށްވުރެ މާ ކަޅެވެ. ޕްރިޔަންކާ ޗޯޕްރާގެ އަންއޮފިޝަލް ބައިގްރޮފީއެއްގައި 2000 ވަނަ އަހަރުގެ މިސް އިންޑިއާގެ މެންޓާއެއްކަމަށްވާ ޕްރަދީޕް ގުހާ ބުނީ، ޕްރިޔަންކާއަށް އެ އެވޯޑް ދިނުމަށް ޖޫރީގެ އެއް މެންބަރަކު ވަރަށް ދެކޮޅު ހެދި ކަމަށެވެ. އެއީ ޕްރިޔަންކާ ކަޅުވީމަކަމަށްވެސް އޭނާ ބުންޏެވެ.

"ޖުރީގައި ހިމެނުނު ހުރިހާ މެންބަރު ޕްރިޔަންކާއަށް ފޭވާއެއް ނޫން. އެކަކު ބުނި ޕްރިޔަންކާ މާ ކަޅު ކަމަށް. އަހަރެން ބުނިން ބަލާލަށޭ ސައުތް ކޮރެއާގެ އަންހެން ކުދިން. އެ މީހުންވެސް ދަނީ ހަމަ ވަނަތައް ލިބެމުން. އެ މީހުންނެކޭ އެއްފަދައިން އެހެން އެފްރިކާ މީހުންނަށްވެސް ވަނީ އެވޯޑް ލިބިފައި"، ޕްރަދީޕް ގުހާ ބުންޏެެވެ

ޕްރިޔަންކާއާ ގުޅޭގޮތުން ނެރުމަށް ތައްޔާރުވަމުން އަންނަ ވާހަކައަކަށް މައުލޫމާތުދެމުން ޕްރަދީޕް ގުހާ ވަނީ އެ ވާހަކަލިޔަމުން އަންނަ އަސީމް ޗަބްރާހްއަށް، ޕްރިޔަންކާ އެ އެވޯޑް ހޯދުމަށް ވަރަށް މަސައްކަތް ކުރިކަމަށް ވަނީ ބުނެފައެވެ. އަދި ކޮންމެ ދުވަހަކުވެސް އޭނާ ދިޔައީ ކަންތައްތައް ރަނގަޅު ކުރަމުންކަންވެސް ގުހާ ވަނީ ފާހަގަކޮށްފައެވެ.

2000 ވަނަ އަހަރު ޕްރިޔަންކާއަށް ލިބުނީ އެ މުބާރާތުގެ ދެވަނަ އެވެ. އަދި އެ އަހަރު ޕްރިޔަންކާއަށް ވަނީ މިސް ވޯލްޑްގެ އެވޯޑް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ދެން ސުނިޔާންކާ އަށް ދިންނަމަ

  2. ކ

    މާ ދޮންވިޔަސް ކަމްނުދާމީހުން އުޅޭ.. ކޮންމެ ގޮތެއްވިޔަސް ދުުނިޔެއަށް ގެއްލިފާހުރި ތި އަންހެނާ ތިހިރަވިދަނީނުދޯ.. ދުނިޔެއަށް ކޮސްވެފާތިބި ބައިގަނޑުތެރޭދޯ.. ދެން އަޖަލް ޖެހުނީމާ