ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ މިސްޓަރ ބީން އަސްލު ނަމުން ނަމަ ރޯވަން އެޓްކިންސަން މަރުވެއްޖެކަމަށް އަނެއްކާވެސް ރިޕޯޓްކޮށްފިއެވެ. މީސް މީޑިޔާގައި ދައުރުވަމުންދާ އެ ޕޯސްޓްގައި އޭނާ މަރުވިކަމަށް ބުނި ނަމަވެސް، އެ ޕޯސްޓަަށް ދިޔުމުން ކޮމްޕިޔުޓަރއަަށް އަރަނީ ވައިރަސްއެކެވެ.

އެ ޕޯސްޓުން ފެންނަނީ މިސްޓަރ ބީންގެ ފޮޓޯއެކެވެ. އޭނާ މަރުވެއްޖެކަމަށް އެ ޕޯސްޓްގައި ލިޔެފައިވާއިރު، އޭގައިވާ ލިންކަށް ފިއްތާލުމުން ކޮމްޕިޔުޓަރއަށް އަރަނީ ވައިރަސްއެއްކަމަށް ވެއެވެ.

އެ ލިންކަށް ފިއްތާލުމުން އަރަނީ "ކޮމްޕިޔުޓަރ ލޮކްޑައުން" ކަމަށެވެ. އަދި އެ ކޮމްޕިޔުޓަރ ބޭނުން ކުރާ މީހާ ކައިރިން، އެހީ ހޯދުމަށް ނަމްބަރަކަށް ގުޅުމަށް ބުނާއިރު، އެ މީހުން ދޭ ނަމްބަރަކީ ފޭކް ނަމްބަރެއް ކަމަށް ވެއެވެ. އަދި އެ ފޯން ނަމްބަރުގެ އެހީގައި އަމިއްލަ މައުލޫމާތުތަކާއި، ބޭންކް އެކައުންޓްގެ މައުލޫމާތުތައްވެސް ނަގާ ކަމަށް ވެއެވެ،،

ޑެއިލީ ސްޓާރގައި ރިޕޯޓްކޮށްފައިވާގޮތުގައި، އެ ހަބަރުގެ ތިރީގައި "ފޮކްސް ބްރޭކިންގ ނިއުސް"ވެސް ލިޔެފައިވާކަމަށެވެ. އެއީ ބަޔަކު ހައްދާލަންވެގެން މިހާރު މީސް މީޑިޔާގައި ދައުރުވަމުން އަންނަ ޕޯސްޓެއް ކަަމަށް ވެއެވެ.

އެ ޕޯސްޓް އެތައް ބަޔަކު ދަނީ ޝެއާ ކުރަމުންނެވެ. އެ ފޮޓޯގައި އޭނާ މަރުވިކަމަށް ބުނެފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. އެ ފޮޓޯ ދައުރުވާން ފެށުމުން ގިނަބަޔަކު ދަނީ ހިތާމަފާޅު ކުރަމުންނެވެ.

މީގެ ކުރިންވެސް މިސްޓަ ބީން މަރުވެއްޖެކަމަށް ރިޕޯޓް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު