އިންޑިއާގައި ބައްޕަ އާއި ބޭބެ ވެގެން ރޭޕް ކުރަމުންދިޔަ އަންހެނަކަށް އިންސާފް ނުލިބި އެކަމުގެ ވާހަކަ އެތައް ބައެއްގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

އިންޑިއާގެ މުމްބާއީ އަށް ނިސްބަތްވާ އެ އަންހެން މީހާ ރޭޕް ކުރަން އޭނާގެ ބައްޕަ އާއި ބޭބެ ފެށީ އޭނާގެ އުމުރުން 15 އަހަރުގައެވެ. މިހާރު އޭނާގެ އުުމުރަކީ 25 އަހަރެވެ. އެ މީހުން އެ އަންހެން މީހާ 10 އަހަރު ވަންދެން ރޭޕްކުރިއެވެ.

އެ އަންހެން މީހާ މަލާދް ފުލުހުގައި މައްސަލަ ޖައްސާފައިވާ ގޮތުގައި، އެކަން ފެށުނީ 2007 ވަނަ އަހަރުގައެވެ. ބައްޕަ އާއި ބޭބެވެގެން ފުރަތަމަ ރޭޕް ކުރަން ފެށީ ދައްތައެވެ. އެހެން ނަމަަވެސް އެ ދައްތަ ބައްޔެއް ޖެހިގެން މަރުވިފަހުން، ބައްޕަ އާއި ބޭބެ ވެގެން ރޭޕް ކުރަން ފެށީ އޭނާއެވެ. އެކަން އޭނާ މަންމައަށްވެސް އެންގިއެވެ.

މަންމަ އެދުނީ އެކަން ސިއްރުކޮށްދިނުމަށެވެ. ނޫނީ ގެއިން ނުކުމެގެން ދިޔުމަށެވެ. އެެހެން ނަމަވެސް އުމުރަކީ އޭރު 15 އަހަރުކަމުން މަޑުކުރީއެވެ.

މިކަން އަދި ނިމުނީއެއް ނޫނެވެ. ފިރިހެން ކޮއްކޮ ކައިވެނިކޮށްގެން ގެއަށް ގެނައި އަންހެން މީހާވެސް ރޭޕް ކުރަން ބޭބެ ފެށީއެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅިއެވެ. އަދި އޭނާ ހައްޔަރުކުރެވުނު ނަމަވެސް ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފައެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި އެ އަންހެން މީހާ ވަނީ އޭނާގެ ބޭބެ އާއި ބައްޕަވެގެން އޭނާ ރޭޕް ކުރާކަމަށް ބުނެ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗީ ކިތަންމެވަރަށް ރޭޕް ކޮށްގެންވެސް ތިއިން މީހަކަށް ހަމަޖެހުމެއް ނުވާނޭ ހިތުގެ ބޮޑެތި ބަލި އޭ ތިއީ..