މިއީ ވަޒީފާއަށް އަލަށް ދިޔަ މުވައްޒަފެކެވެ. ފުރަތަމަ ދުވަހު އޭނާއަށް ގަޑިނުޖެހި މަސައްކަތަށް ދިޔައީ ވަރަށް ކުރިން ހޭލައިގެންނެވެ. އެއީ އޭނާ ދުއްވާ ކާރު ހަލާކުވުމާއި ގުޅިގެންނެވެ. އެހެންވެ ވަޒީފާއަށް ނުކުތް ފުރަތަމަ ދުވަހު މަސައްކަތަށް ދިޔައީ ހިނގާފައެވެ.

އޭނާ ވަޒީފާ އަށް ދާން ޖެހެނީ ގެއާ 20 މޭލު ދުރުގައި ހުންނަ ތަނަކަށެވެ. ފައިމަގުގައެވެ. ވޯލްޓާ ނަމަކަށް ކިޔާ އޭނާ މަސައްކަތް ކުރަން ފެށީ ގެ ބަދަލުވުމުގައި ތަކެއްޗާއި އަދި އެ ނޫންވެސް ތަކެތި އެއްތަނުން އަނެއްް ތަނަށް އުފުލަދޭ ބެލްހޮޕްސްނަމަކަށް ކިޔާ ކުންފުންޏެއްގައެވެ. އެ ދުވަހުވެސް އޮތީ އެ މަސައްކަތެވެ.

އޭނާ އެހާ ދުރަށް ފައިމަގުގައި ދާން ގެއިން ނުކުތީ ދަންވަރުއެވެ. ވޮލްޓާ މަސައްކަތް ކުރާ ހިސާބާއި ކައިރިއަށް ދެވުނުއިރު ހެނދުނު ވެއްޖެއެވެ. އޭނާ ދާން ބޭނުންވާ މަންޒިލަށް ނުދެވެނީސް ދިމާވީ ފުލުހަކާއެވެ. އެ ފުލުސް މީހާވަނީ އޭނާއަށް ހެނދުނުގެ ނާސްތާ ދީ އޭނާ މަސައްކަތް ކުރާ ތަނަށް ގެންގޮސްދީފައެވެ.

އެ ފުލުސް އޮފިސަރު ވަނީ އެގޭގެ ވެރި މީހާ ކައިރީގައި ވޯލްޓާއަށް ދިމާވެގެން އުޅޭ ކަންތައް ކިޔާދިނެވެ. އެ ގޭގެ ވެރިމީހާ ޖެނީ ނަމަކަށް ކިޔާ އެ މީހާ އެ ވާހަކަތައް މީސް މީޑިޔާގައި ހިއްސާކުރިއެވެ.

ވޮލްޓާ އާއި އޭނާގެ މަންމަ ކުރިން ދިރިއުޅެމުން އައި ނިއުއޯލިއަންސްގައެވެ. އެ މީހުން ދިރިއުޅެމުން އައިގެ ފަނާވީ ތޫފާނެއްގެ ސަބަބުންނެވެ. އެ މީހުން ފަހުން ދިރިއުޅުން އެހެން ސަރަހައްދަކަށް ބަދަލުވެފައެވެ.

"އަހަރެން ބުނިން ދެން އަންނަން ތިބި މީހުން އަންނަންދެން ރެސްޓް ކުރަންވެސް އެކަމު އޭނާ އެގޮތް ބޭނުން ނުވި" ޖެނީ ބުންޏެވެ. އޭނާ ރެސްޓް ކުރުމުގެ ބަދަލުގައި ފެށީ މަސައްކަތެވެ. އޭނާއާއެކު އެ މަސައްކަތް ކުރާ އެހެން މުވައްޒަފުން އައި އިރު އޭނާ ވަނީ މަސައްކަތް ފަށާފައެވެ.

އޭނާ ފޭސްބުކްގައި ލިޔުނު ޕޯސްޓާއެކު، އެތައް ބައެއްގެ ސަމާލުކަން އެކަން އައިސް އެންމެ ފަހުން ފޮލްޓާ މަސައްކަތް ކުރާ ކުންފުނީގެ ބޮޑު މީހާއާ ހަމައަށްވެސް އެކަަން ދިޔައެވެ. އަދި އެ ކުންފުނީގެ ބޮޑުމީހާ ނިންމީ ވޮލްޓާއަށް ސަޕްރައިޒެއް ދިނުމަށެވެ.

އޭގެ އަނެއް ދުވަހު އެ ކުންފުނީގެ ބޮޑު މީހާ ވަނީ ވޮލްޓާއަށް ކާރެއް ހަދިޔާކޮށްފައެވެ. އެހާ މަސައްކަތަށް ޝައުގުވެރިކަން ހުންނަ މީހަކަށް ތަނެއްގެ ވެރިއަކު މިފަދަކަމެއް ކޮށްފާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާީިިަަަާަަަަަަަިމަރީ

    މަ ވެސް ބޭނުން އެކަހަލަ ބޮސް އެއް.???????