ކުޑަކޮށް ފަހަތަށް ޖެހިލާ ކާބަފައިންގެ ޒަމާނަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. ފެންނަން އޮތީ ވަރަށް ރީތި މަންޒަރެކެވެ. ނިޤާބް އަޅާ މޫނު ނިވާކޮށްގެން ނުތިބި ނަމަވެސް ދިވެހިން އަންހެން ކަބަލުންގެ ތެރޭގައި އަދަބު އަޚްލާޤަކީ މުހިންމު އެއްޗެވެ. އެމީހުންގެ ވަނާ ތަކަކީ ކޮބައިކަން އެމީހުން ހަމަ ރަނގަޅަށްވެސް ދަނެއެވެ. މިއީ ނިޤާބް އަޅުއްވާ ފަރާތްތަކަށް ބުނަލާ ކުޑައިމީސް ބަހެއް ނޫނެވެ. ނަމަވެސް މިއަދުގެ ދިވެހި އަންހެން ކަނބަލުންނަށް ބުނެލަން ބޭނުންވާ ވާހަކައެއް ބުނުމަށްޓަކައި އެވާހަކަ ފެށުމަށް ބޭނުން ކުރި ޖުމްލައެވެ.
ޤައުމުގެ ތަރައްގީގެ ދުވެލީގެ ރަނގަޅު މިސްރާބަކަށް ދަތުރު ކުރަމުންދާއިރު، ހުޅަގުގެ މީހުންގެ އަވާގައިޖެހި ޤައުމުގެ ޒުވާނުން ބަވަނަވަންތަކަށް ވެއްޓޭތަން މިއަދު ދިވެހިން މިދަނީ ތަޖްރިބާކުރަމުންނެވެ. އިންސްޓަގްރާމް ފަދަ މީސްމީޑިޔާތަށް ދިވެހިންގެ ތެރެއަށް އާއްމު، ނުވެސް ދަންނަ ބައެއްގެ ކުރެން ލައިކް ހޯދުމަށް ތިމާ އަމިއްލަޔަށް "އޮރިޔާން" ވި ޒަމާން މިހާރު މިދަނީ މާޒީވަމުންނެވެ. މިއާއެދު ދިވެހިންގެ މައްޗަށް ބިންދާލާފައި މިވަނީ އެޔަށްވުރެ ނުބައި ވަބާއެއްމިވަނީ އާއްމުވެފައެވެ. "މިއުޒިކަލީ" ގެ ވަބާއެވެ.
ގިނަ ދިވެހިންގެ ތެރޭގައި މިހާރު މަޤްބޫލުވަމުން އަންނަ މިއުޒިކަލީއަކީ އެކްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ދޮރެކެވެ. ނަމަވެސް ދިވެހިން މިއުޒިކަލީގެ ބޭނުން ހިފަނީ އެންމެ އެދެވޭ ގޮތުގައޭ ދެންނެވޭކަށް ނެތެވެ. މިއުޒިކަލީގެ ވާހަކަ ވަރަށް ކުރީއްސުރެ އަޑު އިވެއެވެ. ނަމަވެސް ދިވެހިން މިއުޒިކަލީގެ ތެރެއަށް "ކޮތްޕިގަތް" އިރެއް ނޭނގެއެވެ.
ދިވެހިންގެ ތެރެއިން ބަޔަކު، މިއުޒިކަލީގެ ބޭނުން ކުރަން ފެށިކަން އެނގުނީ ފޭސްބުކްގެ ރަޙްމަތްތެރިއަކު "ގުޑް މޯނިންގް" ޖަހާފައި ދިވެހި ބަޔަކު ހިންގާ ޕޭޖްއެއްގައި އިން ދިވެހި އަންހެނެއްގެ ވީޑިއޯ ޝެއަރ ކޮށްލުމުންނެވެ. އެވީޑިއޯއާއި ބާއްޖަވެރި ހެނދުނަކާއި އޮތް ގުޅުމެއް އަދިވެސް ވިސްނާ ވިސްނާވެސް ނޭނގުނެވެ. ސިނކުޑީގައި މޮޑާން ތެތްކަމެއް ނެތީމާ ކަމަށްވެސް ވެދާނެއެވެ. އެވީޑިއޯގައި ގައިގެ ވަނާތަން ދައްކަމުން ކަރުގެ އެއްބައި ދައްކައިގެން ޖެހި ލަވައަކަށް ނުބަލާ ބުރުގާ އަޅަމުން ދިޔަ ދިއުމާއި ބާއްޖަވެރި ހެދުނަކާ ހުރީ ކޮން ގުޅުމެއްކަން ބުނެދެވޭނެ މީހެއް ހުރި ހެނެއް ހީއެއް ނުވެއެވެ.
މިއުޒިކަލީގައި ދިވެހިން އުޅޭ ވާހަކަ އަޑު އިވުމުން، މޮޅު އެކްޓިންތައް ބަލާލުމަށް އެޔަށް ރަޙްމަތްތެރިއެއްގެ ފޯނުން ވަދެލީމެވެ. މުޅިންވެސް ފެނުނީ ފިރިހެނުން އެމީހުންގެ ރަޑުކަން ދެއްކުމާއި އަންހެނުން އެމީހުންގެ ވަނާތައް ދެއްކުމެވެ. އެކްޓްކުރަން މޮޅު ދިވެހިން ތެރެކޭ އެއްފަހަރުވެސް ނުބުނަމެވެ.
ގައުމުގެ މާޒީގެ ތަޖުރިބާތައް އަދުގެ ހާލަތުގެ ނިސްބަތުގައި މިންކޮށް ބަލާލާއިރު، އިންސްޓަގްރާމްގައި ލެވުނު ފޮޓޯތަކުގެ ސަބަބުން މިއަދު ލަދުގަނެފައި ތިބި އެތައް ދިވެހިންނެއް މިއަދު އެބަ ތިއްބެެވެ. މިއަދު އިންޓަރނެޓްއަށް ވީޑިއޯއެއް ދޫކޮށްލާއިރު، އެވީޑިއޯއަކީ ތިމާ ކިތަންމެ މުސްކުޅި ވިޔަސް ފެންނާނެ އެއްޗެއްކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.
ވ ރަގަޅު ވާހަކަ އެއް، މުޙައްމަދު އަރީޙް އަށް ވ ވެދުން ތިކަހަލަ ލިޔުން ތައް ގިނަ ކުރަން އެދެން، މިހާރު މީހުންގެ އަހްލާގު ވ.ގޯސް
ޢަގީދާ ބަލިކަށިވެ މީހާ ފާސިގުވާ ވަރަކަށް، އެމީހެއްގެ ލަދު ޙަޔާތް ކެނޑި އޮރިޔާންވުން ބޮޑުވާނެ. " ވޯޓް ގިނަކުރަން ޖަގަހަ ތަކުން މިޖަހާ ލަވަތަކަކީވެސް ވ ބޮޑު މުސީބާތެއް، އިސްލާުހު ކުރަން ތިބި ވެރިންގެ ދީނެއް ބިރެއްނެތީމަ ވާގޮތް. " ޔާ ﷲ އަޅަމެންގެ މިކުޑަ ކުޑަ ވަޠަން ސަލާމަތް ކުރައްވާށި... އާމީން."
امين
ލަދުވެތިކަން ގެއްލިދިޔައީމަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ، ވަރަށް ވެސް ލަދެއްނެތީމަ ދޯ ބޮޑެތި ސިންގާ ފިރިހެނުން އަންހެނުން އުޅޭ ގޮތަށް ފާޑު ފާޑުގެ ވައްތަރު އެޖައްސަނީ ، ދެން ބަރަހަނާވާ އަންހެނުންގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ....
ތި މިއުޒިކަލީ ހައްދުން ނެއްޓިގެންގޮސް ދެން ފެންނަންފަށާނެ ކަންކަން ތަސައްވުރުކޮށްްލަންވެސް ނަެނގޭ. ތީތި މިރާޖޭގައި ބުލޮކު ކުރަންވީ!
އައްދޭ....! ހުރިހާކަމެއްވެސް ހުއްޓިފައި މިއޮންނަނީ އެކިޔާބިޓުންނާ ހަމައިގައެވެ. އެހެންކަމުން ފިރިހެނުންނަށް މިއޮންނަނީ ބިޓުންނަށް ތިއްތި ދެއްކުމެވެ. އެ ބިޓުން ނަށް އެންމެ މަގުބޫލު ސިފައެއް ޖައްސައިގެން ތިބެން ބޭނުންވެއެވެ. މިހާރު ބިޓުން ނަށް އެންމެކަމުދަނީ ބޮލުގެ އިސްތަށިގަނޑު ދިގުކޮށްފައި ހުޅިޖަހާފައި ތިބޭ މީހުން ނެވެ. އެމީހުން ތިބޭނީ ކަންފަތް ތޮރުފާފަ މުދިލާފަަެވެ. ދެން އަތުގެ އިނގިލި ތަކުގައި ރިހި ނޫނަސް ރިހިކުލައިގެ އަނގޮއްޓި އަޅާފައި ކަރުގައި ރިހިކުލައިގެ ފަލަ ޗޭނެއް އަޅާފައި ކުލީސައިކަލެއްގައި ދުއްވާފައި ދާއިރު ވާވާ ދެން އެވަރުގެ ކަމެއް ނެތެވެ.
އަސްލް މުސްލިމުންގެ ލޮލަކަށް ރީއްޗެއްނުވާނެ..
އަހަރުމެން ރަށު ހަޗިޕުވެސް މި މިއުޒިކަލީ އެއްގަ ޖެހި އަވަދިވެއްޖެ. ކޮަޓަރީ ހުންނަ ބެޑްޝީތްތައްވެސް ފަސްމަންޒަރަށް ލާންފަށަެިފި
މި ޖެހުނީ ތިޔެއްވެސް ބަލާލަންތާ
މިލިޔުމާއި ވަރަށް އެއްކޮޅު. ދިވެހި އަންހެނުން ވަރަށް ގޮތެއްފޮތެއްނެތް. މުސްލިމުންނަށްވެސް ހުތުރު!
އެގްރީޑް، މާ މޮޅު ކަމަކަށް ދެއްކެންވެގެން، ބުރުގާ އަޅާފަ އެކަމަކު ލާ ޓަައިޓްް ޓޮޕް ކޮޅާ ޖިންސް ވަނާތައް އޭގެ ބައްޓަން ކަނޑާ ނަގާ ފާޅުވާވަރަށް ހާމަކޮށްދޭ ހެދުންތައް ލައިގެން، އުރަމައްޗާ ބުޑު ހަލަވަމުން ކިތަންމެ ގަޓް ވެފަ ވީޑިއޯ އަޕްލޯޑްކޮށް ކިތަންމެ ގިނަ ލައިކެއް ލިބުނަސް ތިޔެކޭ މިއުޅޭ ޕާޓޭމެންނެކޭ ނެއް ތަފާތެއް. ތި އަޅާ ބުރުގާތަކުން މީހާއަށްވާ އުނދަގޫތައް ނޫނީ އެހެން ކަމެއް ނުވާނެ. ތިޔަކީ އިސްލާމީ ބުރުގާއެއްވެސް ނޫން. އެހާ ލައިކް ބޭނުމިއްޔާ އޮރިޔާންހާލުގަ ތި ވީޑިއޯތައް ހަދާފަ އަޕްލޯޑްކުރުން މާ ރަނގަޅުނޫންތަ. ޔާ ﷲ، މި މިޔުޒިކަލީ އެޕްލިކޭޝަން ފަނާކުރައްވާށި.