އިނގިރޭސި ރާނީ އެލިޒަބަތް ދޭއް އެންމެ ތުއްތު އިރުން ފެށިގެން އެންމެ ގަޔާވާ އެއް ކަންތައް ދެން ނުކުރެވޭނެ ކަމަށް ޝާހީ އާއިލާގެ ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނެފިއެވެ.

އުމުރުން 96 އަހަރުގެ އެލިޒަބަތް އަކީ އެންމެ ކުޑައިރުއްސުރެ އަސް ދުއްވުމަށް ވަރަށް ލޯބިކުރައްވާ ބޭކަނބަލެކެވެ. ނަމަވެސް އެކަމަނާގެ ސިއްހީ ހާލުކޮޅު މިހާރު ތަންނުދޭތީ ދެން އަސްދުއްވުން އެއީ އެކަމަނާ އަށް އުނދަގޫފުޅު ކަމަކަށް ވަނީ ވެފައެވެ.

ރާނީގެ ގިނަ ފޮޓޯތަކާއި ވީޑިއޯތަކުގައި އެކަމަނާ އާއި މިހާރު އަވަހާރަވެފައިވާ އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕް ވިންޑްސާ ކާސަލް މައިދާނުގައި އަހަށް ސަވާރުވެ ދެބޭފުޅުން އުޅުއްވާ މަންޒަރު ފެނެއެވެ.

ޝާހީ ތަޖުރިބާކާރު، ރޮބާޓް ހާޑްމަން ދާދި ފަހުން މެއިލް ޕްލަސްޕޮޑްކާސްޓް ޕެލަސް ކޮންފިޑެންޝަލްގައި ހިއްސާކުރައްވާފައިވާ ގޮތުގައި ދެން ރާނީ އެލިޒެބަތް އެކަމަނާގެ ޕޯނީ ޓެއިލް(އަހުގެ ނަން) ގައި ފެނުން ނާދިރެވެ.

މެއިލް އޮން ސަންޑޭގެ އެޑިޓަރު ޗާލޮޓް ގްރިފިތްސް ބުނީ ރާނީ އެލިޒަބަތު އަސް ދުއްވުން ދޫކޮށްލެއްވުން އެއީ ހައިރާންވާވަރުގެ ކަމެއް ކަމަށެވެ.

ރާނީ އެންމެ ފަހުން އަހަކަށް ސަވާރުވެގެން އިންދާ ފެނުނީ ބެލްމޯރަލްގައި މިދިޔަ ހޫނު މޫސުމުގެ ޗުއްޓީގައި އެވެ. އޭގެ ފަހުން އެކަމަނާގެ ސިއްހީ ހާލަތު ގޯސްވެގެން ދިއުމާއި ގުޅިގެން ބަހާރު މޫސުމާއި ހަމައަށް އެކަން ދޫކޮށްލައްވަން މަޖުބޫރުވީ އެވެ.

އޭރު ބެލްމޯރަލްގެ ނޫހެއް ކަމަށްވާ "ދަ ސަން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަސް ދުއްވުން ހުއްޓުމަކަށް އައުމާއި ގުޅިގެން އެކަމަނާ ހުންނެވީ ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ރާނީއާއެކު އިނގިރޭސިވިލާތް ވެސް ނެތިގެންދާނެ. ރާނީ އަކީ މުސްލިމު ނަސްލަކަށް ނިސްބަތްވާ ކަމުގައި ބުނެވޭއިރު އިސްލާމްނުވި އަންހެނެއް. އިސްލާމްވިނަމަ ދެ ދުނިޔޭގެ ބާއްޖަވެރިކަން ރާނީއަށް ލިބުނީސް.

    10
  2. މުބީނު މާރނީ

    ނޫން ނޫން ތިޔެއް ނޫން ރާނީ އެންމެ ގަޔާވާ ކަމަކީ. ރާނީ އެންމެ ގަޔާވާ ކަމަކީ "ވައިން" ބުޔުން. "ވައިން" އަކީ ބަނގުރަލުގެ ބާވަތެއް. މިއީ ސިކުނޑީ ގެ ވިސްނުން ކޮށިކޮށްލާ، މައިބަދައިގައި ގުދުލާ، ލިވަރު ހަލާކު ކޮށްލާ އެއްޗެއް. ރާނީ ގެ ވިސްނުން އެއް އިރެއްގައި ވެސް ރަނގަޅެއް ނޫން. ނަމަވެސް އިނގިރޭސި ރައްޔިތުން ނަކީ ރަސްކަން ދަމަހައްޓަން ބޭނުން ބަޔަކަށް ވާތީ ރާނީ ގެ ވިސްނުން ކޮށި ކަމަށް ވިޔަސް އެކަމަށް "ކަނު ލޮލަކާއި"، "ބީރު ކަންފަތެއް" ދެނީ.

  3. ކަތްރެވި

    ތިޔަ ރާނީއެއް ނެތެންވާނީ އަހަކާވެސް އެކީގަ!!!