ޕްރިންސް ހެރީ އާއި ކައިވެނި ކުރި ފަހުން މޭގަން މާކެލް އާއިލާ މެންބަރުންނާއި ދުރުވެއްޖެ ކަމަށް އާއިލާގެ ބައެއް މެންބަރުން މީޑިއާގައި ދަނީ ބުނަމުންނެވެ. އެކަމާއި ގުޅިގެން މޭގަން އަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައެވެ. ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް މޭގަން އާއިލާ މެންބަރުންނާއި ރަހުމަތްތެރިންނާއި ބައްދަލު ކުރުމަށް އެމެރިކާ އަށް ދަތުރު ކުރަން ނިންމައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

"ޔޫއެސް ވީކްލީ" އަށް މައުލޫމާތު ދިން މޭގަންގެ ރަހުމަތްތެރިޔަކު ބުނީ ސަމާ ޗުއްޓީ ނިމުމުގެ ކުރިން މޭގަން އެމެރިކާ އަށް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މިދަތުރަކީ އާއިލާ މެންބަރުންނާއި ރަހުމަތްތެރިން ދެކިލުމަށް ކުރާ ދަތުރެއް ކަމަށެވެ. މިދަތުރުގައި ޕްރިންސް ހެރީ ބައިވެރިއެއް ނުވާނެއެވެ. އެމެރިކާ އަށް ދާނީ މޭގަން އެކަންޏެވެ.

އެމެރިކާ އަށް ކުރާ ދަތުރުގައި މޭގަން ނިއުޔޯކާއި ލޮސް އެންޖެލިސް އަށް ވެސް ދާނެ ކަމަށް މީޑިއާ އަށް މައުލޫމާތު ދިން އެކުވެރިޔާ ބުންޏެވެ.

އެކުވެރިޔާ އިތުރަށް ބުނީ ދަރިއަކު ހޯދުމުގެ ކުރިން އެމެރިކާ އަށް ދަތުރެއް ކުރަން މޭގަން ބޭނުންވެއެވެ. އޭނާ ބުނީ އަންނަ އަހަރު ދަރިއަކު ހޯދަން މޭގަން ވަނީ މިހާރު ޕްލޭން ކޮށްފައެވެ.

މޭގަން އެމެރިކާ އަށް ދަތުރެއް ކުރަން ނިންމާފައިވާ ކަމަށް އެކުވެރިޔަކު ބުނި ނަމަވެސް ރަސްމީ ފަރާތަކުން އަދި މިކަން ކަށަވަރު ކޮށެއް ނުދެއެވެ. މޭގަން އެމެރިކާ އަށް ދަތުރު ކުރާނެ ސީދާ ތާރީޚެއް ވެސް އަދި ނޭނގެއެވެ.

އޮކްޓޯބަރ މަހު އޮސްޓްރޭލިއާ، ނިއު ޒިލޭންޑް، ފިޖީ އަދި ޓޮންގޯ އަށް މޭގަން އާއި ޕްރިންސް ހެރީ ރަސްމީ ދަތުރެއް ކުރުމަށް މިހާރު ވެސް އޮތީ ރޭވިފައެވެ.

މޭގަންގެ ބައްޕަ މިދިޔަ ހަފްތާގައި މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ކައިވެނި ކުރި ފަހުން މޭގަންގެ އެއްވެސް ޚަބަރެއް ނުވާކަމަށާއި މޭގަން ދީފައިވާ ފޯނު ނަމްބަރުން އޭނާ އާއި ނުގުޅޭ ކަމަށެވެ. މޭގަންގެ ދައްތަ ވެސް ވަނީ މޭގަން އާއިލާ އާއި ގުޅުން ކަނޑާލާފައިވާ ކަމަށް މީޑިއާގައި ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޏެސް

    އަހަރެން އެއްގޮތަކަށްވެސް ރުހޭކަމެއް ނޫން. މައްމައާއި ބައްޕަ އާއި ބައްދަލުކުރުން އޯކޭ. ޢެކަމަކު އެއްބަފާ މީހުން ކަންތައްކުރަނީކީ ރަނގަޅަކަށް ނޫން.

    • ސައިނީ

      ކަލެއާ ބެހޭ ކަމެއްތަ

  2. ޙަފްޞާ / މާލެ

    ދަރިންލިބުމަކީ އިންސާނުންގެ ބާރުގެދަށުގައި ވާކަމެއް ނޫނެވެ. ހަމަ މިވެނި އަހަރަކުން ދަރިޔަކު ހޯދާނަމޭ ބުނާ ބުނުމަކީ ނުބައި ބަހެކެވެ. އެއީ މާތްﷲގެ ބާރުފުޅުގެދަށުގައި އޮތް ކަމެކެވެ. ސޫރަތުއްސޫރާގެ 49 އަދި 50 ވަނަ އާޔަތް ބައްލަވާ!

    • މަބޫ

      އެބުނާނީ ދަރިއަކު ހޯދުމަށް މަސައްކަތް ކުރާ ވާހަކަ، ކޮޓަރިއަށް ފުއްކައްޓާ އެއްޗިހި ހިފައިގެން ވަދެ ދަރިއަކު ހަދާގެން ނިކުންނަ ވާހަަކަ އެއް ނޫން ..... ސާބަހޭ އިނގޭ ކަލެއަށް

    • ޑިމޮކްރަޓިސްޓް

      ބަލަ އެމީހަކު އެކަން ބޭނުންވެގެން ހޯދަން ބޭނުންވާ ދުވަހެއް ޕްލޭންކުރުމަކީ މައްސަލައެއްތަ؟ ދެއްވުމާ ނުދެއްވުމަކީ އަދި ވަކިކަމެއްނޫންތަ؟ ކޮންމެ ކަމެއްގަ އޯވަރނުވެބަލަ!

  3. ނިއުމާ

    މެގާން މާކަލް އަޅާލާން ޖެހޭ ދުނިޔޭގައި ހުރީ ހަމައެކަނި މަންމް ޑޯރިއަރ. އާއި

    އޭނާގެ ރަޙްމަތް ތެރިން/ އެއްބަފާ ދައްތަގެ އަންހެން ދަރިފުޅުވެސް ދާދިފަހުން ދިން

    އިނޓަރވިއު އެއްގައި ބުނެފައިވަނީ މަންމަ ސަމަންތާ އަބަދުވެސް މެގާން ދެކެ

    ހަސަދަވެރިވާކަމަށް ބުނެފަ.ބައްޕަ މިހާރުވެސްކުރާކަމަކީ މެގާން އާއި ޝާހީ އާއިލާގެ ނަން ބޭނުން ކޮށް ގެން ފައިސާ ހޯދުން.

    • Anonymous

      އެކަށީގެންވާ ގިނަ އަދަދެއްގެ ފައިސާ ލިބެންޏާ ހޯދަންވީނޫންތޯ؟ ހަރާމެއް ހަލާލެއް ބަލާނީ ކާކުތޯ؟