އެމެރިކާއަށް ނިސްބަތްވާ ސްޓެފަނީ ޖެކްސަން ދެވަނަ ދަރިފުޅަށް ބަލިވެ އިންދާ އޭނާގެ ފިރިމީހާ ސްޓާރަޓް ކުއްލިއަކަށް މަރުވީ މިދިޔަ ޑިސެމްބަރ 14 ވަނަ ދުވަހު ހިނގި ނުރައްކާތެރި ސައިކަލް އެކްސިޑެންޓެއްގައެވެ.

ކުރިން ސިފައިންގޭގައި މަސައްކަތް ކޮށްފައިވާ ސްޓާރަޓްގެ ކުއްލި ވަކިވެ ދިއުމަކީ ހަމައެކަނި ސްޓެފަނީ އަށް ލިބުނު ހިތާމައެއް ނޫނެވެ. ސްޓާރަޓް އަކީ އެމީހުން ދިރިއުޅޭ ސަރަހައްދުގެ އެންމެންނާއި ވެސް ގުޅޭ ވަރަށް އަޙްލާޤު ރަނގަޅު މީހެކެވެ.

ދެމީހުންގެ ލޯބީގެ ރަމްޒެއް ކަމަށްވާ ދެވަނަ ދަރިފުޅު އޮތީ ފިރިމީހާ މަރުވިއިރު ސްޓެފަނީގެ ބަނޑުގައެވެ. ކޮންމެ ދެމަފިރިއަކު ވެސް ބޭނުންވާނެ ފަދައިން ސްޓެފަނީ ވެސް އޭނާގެ ފިރިމީހާ އާއި އެކު މާބަނޑު ދުވަސްވަރުގެ ފޮޓޯތައް ނަގާ އެހަނދާންތައް އުމުރަށް ރައްކާ ކުރަން ބޭނުންވިއެވެ.

ނަމަވެސް ފިރިމީހާ އަށް ފޮޓޯ ޝޫޓްގައި ބައިވެރިވެވޭކަށް ނެތެވެ. އެހެންކަމުން އޭނާ ފޮޓޯގްރާފަރާއި ވާހަކަ ދައްކައިގެން ފޮޓޯގައި ފިރިމީހާ ވެސް ފެންނަ ގޮތް ހެދިއެވެ. އެއީ ފިރިމީހާގެ ހަނދާންތަކާއި ދުވަހަކު ވެސް ވަކިވާން ބޭނުން ނުވާތީއެވެ.

ސްޓެފަނީގެ ބައެއް ފޮޓޯތައް
ސްޓެފަނީގެ ބައެއް ފޮޓޯތައް
ސްޓެފަނީގެ ބައެއް ފޮޓޯތައް

ސްޓެފަނީ ނެގި މާބަނޑު ދުވަސްވަރުގެ ފޮޓޯތަކާއި އަދި ދޮށީ ދަރިފުޅު ޑޮމިނިޓް އާއިއެކު ނެގި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ލިބިފައެވެ.