އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް ފާއިތުވި ދެހަފްތާއެއްހައި ދުވަހު އޮންނާނީ މިކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައެވެ. ކޮންމެ މީހަކު ވެސް ޕޯސްޓެއް ކޮށްފައި އަހަނީ ބޭނުން ސުވާލެއް ކުރުމަށެވެ. ބައެއް މީހުންނަށް ސުވާލު ކުރަނީ ކާކުކަން ނޭނގޭނެ ކަމަށް ހީކޮށް މީހަކު ކައިރީ ބުނަން ނުވާނެ ވަރުގެ އެއްޗެހި ވެސް ބުނެވިއްޖެއެވެ.

ސުވާލު ކުރަނީ ކާކުކަން ސުވާލު ލިބޭ މީހާ އަށް އެނގޭ ގޮތައް ތަޢާރަފް ކުރި މިފީޗާ ވައިގައި ހިފައި ގިނަ ބަޔަކު ވަނީ ބޭނުންކޮށްފައެވެ. ނަމަވެސް ބުނެގެން ނުވާނެ ބައެއް އެޗެހި ބުނެވުމާއި އެކު އެމީހުން ވަނީ މީސް މީޑިއާގައި އެވާހަކަ ހިއްސާކޮށްފައެވެ.

ތިރީގައި އެވަނީ އެގޮތުން ބައެއް މީހުން ކޮށްފައިވާ ޓްވީޓްތަކެވެ.

https://twitter.com/HenryOr_/status/1017112578185711619

https://twitter.com/marua_yo/status/1017848576284745729

https://twitter.com/chantellchitura/status/1017198348267384833

https://twitter.com/anna_hawersaat/status/1017163212092043264

ކުރެވުނު ސުވާލުތަކުގެ ސަބަބުން ބައެއް މީހުންނަށް އެހެން މީހޫންނާއި ކުރިމަތުލާން ވެސް ނުކުރެފައިވާއިރު އަނެއްބަޔަކު ވަނީ އިންސްޓަގްރާމް އެކައުންޓް ޑީއެކްޓިވޭޓް ވެސް ކޮށްފައެވެ. ނަމަވެސް އުފާވެރި ޚަބަރުތައް ވެސް އެބަހުއްޓެވެ. ލޯބިވާ ވާހަކަ ބުނަން ނުކެރިފައި ތިބި ބައެއް މީހުން ސިއްރުން ލޯބިވާ ވާހަކަ ބުނަން އުޅެނިކޮށް އެއީ ކާކު ފޮނުވި މެސެޖެއްކަން އެނގި ލޯބިވާ މީހާ ލިބިފައި ވެސް އެބަހުއްޓެވެ.