ދުނިޔޭގެ ގިނަ ބަޔަކު ދަންނަ އެއް އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނަސް އާއި ދެމީހުންގެ ހާއްސަ ގުޅުމުގެ ވާހަކަ ފެށުނީއްސުރެ ނިމުމެއް ނާދެއެވެ. ދެ ތަރިންނަކީ ލޯބީގެ ހާއްސަ ޖޯޑެެއް ކަމަށް އެއް ބަޔަކު ދަނީ ސިފަ ކުރަމުންނެވެ. މިއީ އާ ވާހަކަތަކެއް ނޫނެވެ.

އެހެން ނަމަވެސް މީގެ އަހަރުތަކެއް ކުރިން ޕްރިޔަންކާ އާއި އެހެން ތަރިއަކާއި ކައިވެނި ކުރުވަން އޭނާގެ ބޮޑުދައިތައެއް ބޭނުންވި ވާހަކަވެގެން ދާނީ ބައެއް ފަރާތްތަކަށް އާ ވާހަކައަކަށެވެ. އެ ވާހަކަ މީޑިޔާތަކަށް މިހާރު ވަނީ ތިލަވެފައެވެ.

ޕްރިޔަންކާގެ ބޮޑު ދައިތައަށް ވަރަށް ކަމުދިޔަ މަޝްހޫރު ޓީވީ އެކްޓަރަކާއި ޕްރިޔަންކާއާއި ދެވަން ބޮޑު ދައިތަ ބޭނުންވެގެން އެ ވާހަކަދެއްކިއެވެ. މީގެ އަހަރުތަކެއް ކުރިން ޕްރިޔަންކާ ޒޫމް ޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާ އާއި ޓީވީ އެކްޓަރ މޮހިތް ރައިނާއާއި ގުޅުވަން ބޮޑުދައިތަ ބޭނުންވި ކަމަށެވެ.

ޕްރިޔަންކާގެ ބޮޑު ދައިތައަށް މޮހިތް ކަމުގޮސްފައި ވަނީ، އަހުލާގް ރަނގަޅު، ތެދުވެރި، އަދި ޒުވާން އެކްޓަރެއް ކަމަށްވާތީއެވެ. އަދި މޮހިތްއަކީ އެކްޓް ކުރަންވެސް މޮޅު މީހަކަށްވާތީ ކަމަށް ވެއެވެ.

މި ވާހަަކަތައް މޮހިތްއަށް އިވުމުން އޭނާއަށް ލިބުނީ ޝޮކެކެވެ.

އެހެން ނަމަވެސް މި ތަރިން އެއްވެސް ވަރަަކަށް އެކަހަލަ ގުޅުމެއް އުފައްދަން މަސައްކަތްކޮށްފައިވާކަމުގެ މައުލޫމާތެއް މީޑީޔާތަކަށް ތިލަވެފައެއް ނުވެއެވެ. މިހާރު މޮހިތް ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މޯނީ ރޯއީއާއެވެ. އޭނާ ދަނީ ބޮލީވުޑްއަށް ނުކުތުމަށް ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.