މިހާރު މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެނިގެން ދަނީ އަންހެނެއްގެ ކަންފަތުން ކަކުންޏެއް ނަގާ މަންޒަރެެވެ. ޓިކްޓިކްގައި އާއްމުވެފައިވާ ވީޑިއޯގެ ކެޕްޝަންގައި ލިޔެފައި ވަނީ ޕުއާޓޯ ރިކޯގެ ސަން ޖުއަންގައި ސްނޯކްލިންްގއަށް ގޮސް އުޅެނިކޮށް އަންހެނެއްގެ ކަންފަތް ތެރެއަސް ކަކުންޏެއް ވަނީ ކަމަށެވެ.

އެ ވީީޑިއޯއިން ފެނިގެން ދަނީ އެ އަންހެން މީހާގެ ކަންފަތުން ކަކުނި ނަގަން ކުރަމުންދާ މަސައްކަތެވެ. އެހެން ނަމަވެސް އެކަން ނާކާމިޔާވާތަން އެ ވީޑިއޯއިން ފެނިގެން ދެއެވެ. އޭނާގެ ކަންފަތުން އެ ކަކުނި ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔައީ ފިރިިހެނެކެވެ. އޭނާ އެކަން ކުރުމަށް ބޭނުންކޮށްފައި ވަނީ ޓްވީޒާކެވެ.

https://youtu.be/4gP-0_RND48

އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެ އަންހެން މީހާގެ ކަންފަތުން ކަކުނި ނެރުމަށް އެތައް މަސައްކަތެއް ކޮށް، އޭތި އެންމެ ފަހުން ކަންފަތުން ނެރެއެވެ.

ދަ އިންޑިޕެންޑެންޓް އިން ރިޕޯޓްކޮށްފައިވާގޮތުގައި، އެ ވީޑިއޯއަށް މިހާތަނަށް 1.3 މިލިއަން ވިއުސް ލިބިފައި ވެއެވެ. އަދި އެތައް ބަޔަކު މިފަދަ ކަމެއް ދިމާވެއްޖެނަމަ ބިރުން ހަލާކުވެދާނެ ކަމަށް ބުނެފައި ވެއެވެ.