ނޭނގި ކުރެވޭ ކަންކަމުން ނުވަތަ ތިމާގެ އިޚްތިޔާރެއް ނެތި ކުރެވޭ ކަމަކުން ބައެއް ފަހަރު ވަރަށް ބޮޑު ނަތީޖާ ނިކުންތަން އާދެއެވެ. މިފަހަރުވެސް މީހެއްގެ ފުރާނަ ދިޔައީ ތިމާގެ އިޚްތިޔާރުން ބޭރުގައެވެ.

މީހެއްގެ ގަޔަށް ބަޑި ޖެހުމުގެ ކުށުގައި ވިކްޓޯރިޔާގައި ހައްޔަރުކޮށްފައިވާ އުމުރުން 55 އަހަރުގެ އެންގްލީނޯ ރުސީ ބުނެފައިވަނީ އޭނާ ކަލަންޑްރޯ ނަމަކަށް ކިޔާ އޭނާގެ އަވައްޓެރިޔަކު މަރާލާފައިވަނީ ގަސްދުގައި ނޫން ކަމަށާއި އޭނާގެ އަތުގައި އޮތް ބަޑި ޖެހުނީ އޮޅިގެން ކަމަށާއި ބަޑި ޖެހެން ދިމާވީ ބައްޓަކަށް އެރިފައި ކަމަށެވެ.

ރުސީ ބުނެފައިވަނީ އޭނާ ގޭގައި އިންދާ އޭނާ ގެންގުޅޭ ކުއްތާ އެކްސިޑެންޓްއެއް ވެގެން އުޅޭ ޚަބަރު ލިބުނު ކަމަށާއި ގެއިން ނިކުމެން އެތަނަށް ދާން އުޅެނިކޮށް ގޭގައި ހައްދާފައި އޮތް ބައްޓަކަށް އެރި ބިންމައްޗަށް ވެއްޓުނު ކަމަށެވެ. އަދި ބިންމައްޗަށް ވެއްޓުމުގެ ތެރޭގައި އޭނާގެ އަތުގައި އޮތް ބަޑި ޖެހުނު ކަމަށާއި ވަޒަން އަމާޒުވީ އޭނާ ކައިރީގައި ހުރި ކަލަންޑްރޯގެ ބޮލަށް ކަމަށެވެ. ހޮސްޕިޓަލްއަށް ގެންދިއުމުގެ ކުރިން މީނާ ވަނީ މަރުވެފައެވެ.

ރެސީގެ މައްޗަށް މީހަކު މަރާލި ކަމުގެ ދަޢުވާ ކޮށްފައިވީނަމަވެސް މިމައްސަލަ ބެލި ފަޑިޔާރު މިމައްސަލައިގައި މިއީ އިޚްތިޔާރުން ބޭރުން ވި ކަމެއްކަމަށް ބާލާ އިއްވާފައިވަނީ 5 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނޭނގުނޭ

    އައިން...އިހްތިޔާރުން ބޭރުގަ ކުރެވުނުކަން ކޯޓުންވެސް ގަބޫލުކުރޭ.އެކަމަކުވެސް 5 އަހަރުދުވަހުގެ ޖަލުހުކުމެއް..މިވީ ކިހިނެއް؟؟؟

    • ނުރަބޯ

      އައިން....! އިޚްތިޔާރުން ބޭރުންވިޔަސް އެކަމުގައި އޭނާގެ އިހުމާލު އެބައޮތްތާ.

  2. ޛަރަނި

    ޢައިން... ޢެބުނީ ހެއޮކޮން