ދަރިންނާއި ދަރިންގެ ދަރިން ކިޔާފާނެ އެއްޗަކަށް ބިރުން ފަހުން ވިހެއި ދަރިފުޅު މަރާލި ދެމަފިރިޔަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ބެންގަލްއަށް ނިސްބަތްވާ އެ ދެމަފިރިން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ދެމަފިރިންގެ ހަ ވަނަ ދަރިފުޅު މާރާލާފައި ވަނީ، ދަރިންނާއި ދުރު ހިސާބެއްގައި ހުރި އާއިލީ ގޮތުން ގުޅުން އޮންނަ ގެއަކަށް ގޮސް އެގެއަށް ވިހެއުމަށްފަހުއެވެ. މިދިޔަ ހޮނިހިރު ދުވަހު އެ އަންހެން މީހާ ވިހެއުަމަށްފަަހު އެ ކުއްޖާ މަރާލުމަށްފަހު އެއްލާލީ، ވިހެއި ގެ ކައިރީ އިން ފެންގަނޑަކަށެވެ.

އެތާ އެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ އެ އަވަށުގައި ދިރިއުޅޭ އެހެން ބަޔަކަށެވެ. އެ މީހުން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. އަދި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން އެ ކުއްޖާގެ މައިންބަފައިން ހޯދާފައެވެ.

އެ ކުއްޖާގެ މައިންބަފައިން ބުނިގޮތުގައި، އެ މީހުން އެ ދަރިފުޅު މަރާލީ އެ މީހުންގެ ދަރިންނާއި މާމަ ދަރިން އެ ކުއްޖާއާ ދިމާލަށާއި، އެ މީހުންނާއި ދިމާލަށް އެއްޗެހި ކިޔާފާނެކަމަށް ބިރުން ކަމަށެވެ.

ކޯޓުން ވަނީ އެ ދެމަފިރިން ތިން ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    ތިންދުވަހަށް....؟؟؟