ކެންޔާގެ ޖަލުގައި ކުރިއަށްދިޔަ ރީތިގެ ރާނީ ހޮވުމުގެ މުބާރާތުގައި ރީތީގެ ރާނީގެ ލަގަބް ލިބުނު އަންހެނާއަށް މަރުގެ ހުކުމް އިއްވައިފިއެވެ.
އޭނާެއަށް އެ ހުކުމް އިއްވާފައި ވަނީ ލޯބިވެރިޔާ މަރާލި މައްސަލާގައެވެ. ލޯބިވެރިޔާ ހަށިގަނޑުގެ 25 ތަނަކަށް ވަޅި ޖަހާ މަރާލި މައްސަލާގައި ޖަލަށް ލާފައިވާ އުމުުރުން 24 އަހަރުގެ އެ އަންހެން މީހާ މެރުމަށް ހުކުމްކޮށްފައި ވަނީ ކެންޏާ ކޯޓަކުންނެވެ.
އޭނާ ލޯބިވެރިޔާ ފާރިދް މަރާލާފައި ވަނީ 2015 ވަނަ އަހަރުގައެވެ.
އެ ހުކުމް އިއްވި ފަންޑިޔާރު ބުނީ، އޭނާ ބޭނުންވަނީ ލޯބިވެރިޔާއާ މައްސަލަ ޖެހިގެން ވިޔަސް، މީހުން މެރުމަކީ ރަނގަޅު ގޮތެއް ނޫންކަން އާއްމުންނަށް އެންގުން ކަމަށެވެ. އަދި އޭގެ ބަދަލުގައި އެ ވިސްނުންތަކާއި ދުރުވުމަށް އޭނާ ވަނީ އެދިފައެވެ.
އެ ފަނޑިޔާރު ބުނީ، އެކަކަށް މަރުގެ ހުކުމް އިއްވައިފިނަމަ އިތުރު ބަޔަކު މިގޮތަށް ކަންތައް ކުރަން ޖެހިލުންވާނެކަމަށް ގަބޫލުކުރާ ކަމަށެވެ.
އެ މަރުގެ ހުކުމް އިއްވުމާއެކު އެމްނެސްޓީއިންވެސް ވަނީ ވަރަށް ބޮޑަށް އެ ހުކުމަށް ފާޑުކިޔާފައެވެ.
މަރާލި ފިރިހެން މީހާގެ އާއިލާއިން ކޯޓުގެ އެ ހުކުމަށް ތާއިދު ކުރެއެވެ. އެ ހުކުމް އިއްވިއިރު، އެ އާއިލާއިންވެސް ކޯޓަށް ހާޒިރުވިއިރު، އެ އާއިލާއިން ބުނީ، އެ އަންހެން މީހާ ކުރި ކުށާއި، އޭނާއާ ލިބޭ އަދަބާއި އެއްގޮތް ކަމަށެވެ.
އެ އަންހެން މީހާގެ މައްޗަށް މަރުގެ ހުކުމް އިއްވި ނަމަވެސް، އެ ހުކުމް ތަންފީޒު ކުރާނެކަމެއް އަދި ނުކުރާނެކަމެއް ނޭގެއެވެ.
މުސްލިމުން ނޫނަސް އެމީހުންގެ ނަފްސްގަބޫލުކުރަނީ އިސްލާމްދީނުގެ ހުކުމްތަކަކީ އެންމެ ފުރިހަމަ ހުކުމްތައްކަން. އީޔޫ އައްވެސް ހިދާޔަތުގެ މަގުދެއްކެވުން އެދެން.