އިނގިރޭސި ވިލާތުގައި ތައުލީމް ހާސިލް ކުރާ ދަރިވަރުންތަކެއް އެންމެ ހެޔޮ ވަރަށް އަލުވި ފިހުމަށްޓަކައި ހިސާބު ފޯމިއުލާއެއް އުފައްދައިފިއެވެ.

ޔުނިވާސިޓީ އޮފް އެސެކްސް އާއި ސެމުއެލް ވައިޓްބްރެޑްގެ ދަރިވަރުންތަކެއް ގުޅިގެން އެ ފޯމިއުލާއަށް ދީފައިވާ ނަމަކީ "އެޖް ހޮޓެލް ސްކޫލް މެތަޑް" އެވެ. އެގޮތުން މި ފޯމިއުލާގައި އަލުވި ފިހުމަށްޓަކައި އަލުވި ކޮށަނީ 30 ޑިގްރީ އަށް ވާ ގޮތަށް ވަޅި ބޭނުންކޮށްގެންނެވެ. މާނައަކީ އަލުވިތައް ކޮށާފައި ހުންނަ އިރު "ކަޓް" އިންނާނީ 30 ޑިގްރީއަށް ވާ ގޮތަށެވެ.

"މިގޮތަށް އަލުވި ކޮށާލުމުން އަލުވީގެ ސާފޭސް އޭރިއާ 65 އަށް އިތުރުވެ ބޮޑަށް ކްރިސްޕީވެ ރަހަވެސް މީރުވާނެ. މި ފޯމިއުލާ އަކީ އަވަނުގައި އަލުވި ފިހުމަށް އުފައްދާފައިވާ ފޯމިއުލާއެއް.

ދަރިވަރުންގެ އެ ފޯމިއުލާ އެޕްލައިކޮށްގެން މިހާރު އެގައުމުގެ އެކި ރެސްޓޯރެންޓުތަކުގެ ޝެފުން އަންނަނީ އަލުވި ފިހެމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙހެހެ

    މީގެއިން ކޮން އެއްޗެއް އިންގުނީ. ޢެއްވެސް މައުލޫމާތެއް ނެތް

    • ިަިހށމ

      ކަލެ އަކަށް ނޭންގުނުތާ..ތިވަރުގެ ބީތާްއިން ޙަބަރު ކިޔަން ނޫޅޭނީ