އަތުކުރީ އަޅާ ގަޑިއަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޤްބޫލު އެއްޗެކެވެ. ޚާއްސަކޮށް ފިރިހެނުންގެ ތެރޭގައި އަތުކުރި ގަޑިއަކީ ޚާއްސަ މަޤާމެއް ދެވިފައިވާ އެއްޗެވެ. ގަޑީގެ ކަށި ނުހިނގިޔަސް މިކަމުގައި ފަރުވާލެއް ނެތެވެ. ގަޑީގެ މައިގަނޑު ބޭނުން ކަމުގައިވާ ވަގުތު އޭގެން ދެނެނުގަނެވުނަސް ހެވެއެވެ.
ނަމަވެސް މިގޮތަށް ކަންތައް ކުރަނީ ކީތްވެގެންބާއޭ ވަރަށް ގިނަ ފަހަރަށް ސުވާލު އުފެދެއެވެ. އަތުގައި ގަޑިއެއް އެޅޭނެ ރޫފައެއް ނެތުމުން އަހަރެންގެ އަތުގައި ގަޑިއެއް ނޭޅުވޭތީ، ގަޑި އެޅުމުން އެލިބޭ ލައްޒަތާއި ޝަރަފެއް އެނގޭނީ ހަމަ ގަޑި އަޅާ މީހެއް ކައިރިން ސުވާލު ކުރީމާތާއެވެ.
" ބްރޯ، ދެން ތި އަގެއްނު ވައްޓާލަނީ. ތި ދައްކާ ކަހަލަ ވާހަކައެއްނޫން " ކަށި ހުއްޓިފައި ހުރި ރޮލެކްސް ގަޑިއެއް އަޅައިގެން ހުރި ރަޙްމަތްތެރިއަކާއި އެކަން އެގޮތަށް ކުރާ ސަބަބު އަހާލުމުން ބުނީ މިހެންނެވެ.
ކޮންމެއަކަސް ދޫނުދޭ ނަމޭ ހީކޮށް ގިނަ ބަޔަކާއި މިގޮތަށް ސުވާލު ކުރީމެވެ. ބައެއް މީހުން އެހެން އެހުމުން އަޑު އިވޭ ކަމަށް ނުހެދި ނަމަވެސް އަނެއްބަޔަކު އެކަން ކުރަނީ ކީތްވެގެންކަން ހިއްސާ ކުރިއެވެ.
"އަސްލު ދޯ! ގަޑިން މިދައްކައިދެނީ މީހާގެ ފެންވަރު. އަންހެން ކުދިންވެސް ބަލާނެ ގަޑިއެއް އަޅައިގެން ހުރީމަ. ބިޓުން ސެޓް ކުރަންވެސް ހެސްކިޔާފަ ފަސޭހަ ވާނެ." އުމުރުން 20 އަހަރުގެ ހަމަ އެއްކަލަ ހުއްޓިފައިހުރި ގަޑިއެއް އަޅައިގެން ހުރި މީހަކުގެ ވާހަކަތައް ހުރީ މިފަދަ ގޮތަކަށެވެ.
ނަމަވެސް އަނެއް ބަޔަކު އިޢުތިރާފްވާ ގޮތުގައި އެއީ ހެދުމުގެ ބައެއް ކަމަށާއި ހުއްޓިފައި އޮތަސް ގަޑި އަޅަނީ އެކަމަށް މާލީ ތަނަވަސްކަން ނެތުމުން ކަމަށެވެ.
"އިޓްސް ޕާޓް އޮފް މައި ޑްރެސް ދޯ! އެނެތީމަ ވަރަށް ފަޅުވާނެ. ދެން ގަޑި ހަލާކު ވީމަ، ހަދާނެ ލާރި ނެތީމަ ހަލާކްވެފައި ހުންނަ ގަޑި އަޅަނީ. ވީ އާރ އޯލްވޭސް ބްރޯކް ދޯ" ނަން ނުޖެހުމަށް ޝަރުތުކޮށް 19 އަހަރުގެ ފިރިހެނަކު ކިޔައިދިނެވެ.
ކޮންމެ ސަބަބަކާހުރެ ގަޑި އެޅިޔަސް ގަޑީގެ ޙަޤީޤީ ބޭނުމަކީ ގަޑިން ވާވަރު ބެލުމުވެ. މިގޮތަށް ހުއްޓިފައި ހުންނަ ނުވަތަ ހަލާކު ވެފައި ހުންނަ ގަޑި އެޅުމުގެ މާނައެއް ނެތްތާއެވެ. ނަމަވެސް ދެބަސް ވެެވެން ނެތް ޙަޤީޤަތަކީ ހަލާކު ވެފައި ހުންނަ ނުވަތަ ހުއްޓިފައި ހުންނަ ގަޑި ބޭނުން ކުރުން ދިވެހި ފިރިހެނުންގެ ކިބައިން ފަހުގެ ތާރީޚެއްގައި ފޮހެވިގެން ނުދާނެއެވެ.
ތިޔާހެން އުޅޭނެ ހަރެމެން ރަށު (ރަސްމާދޫ) ޒިހާން ވެސް
ގއ.ނިލަންދޫ ހުސެން ނިހާދް ވެސް އަޅަނީ ތިކަހަލަ ގަޑިއެއް
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..
އާނޔޭ ފެނެޔޭ ތަމެން ދެން ކީއްކުރާނީ ދޯ. މަހަށް ދޭބަލަ. މަހަށްދޭ ވަލަށްދޭ ބޮލިހިލަންދޭ ގަރުދިޔަ ކައްކަންދޭ ބަނބުކެޔޮ ތެލުލަންދޭ.. ކެކެކެ
ހަޖަމުނުވާ ވަގުތު މީހުންނަށް ކެރޭނެބާ މިކޮމެންޓް ޖަހަން.
މަށައް ލިޔެފަ ތަ
ހިތަދޫ ވިޝާހު ވެސް އަޅަނީ ތިކަހަލަ ގަޑިއެއް
ހާހާހާ..."އަތުގައި ގަޑިއެއް އެޅޭނެ ރޫފައެއް ނެތުމުން އަހަރެންގެ އަތުގަ ގަޑިއެއް ނޭޅުވޭތީ"އަރީޙޫ ދެން ގަޑިއެއް ކުރަހާލާ.އަހަރެމެންވެސް ކުޑައިރު ހަދަނީ އެހެން.އެކުރަހާ،ގަޑިވެސް އޮންނާނީ ހުއްޓިފަ.
ލ. ފޮނަދޫ މުއާން ވެސް އަޅަނީ ތިކަހަލަ ގަޑިއެއް...
ހެހެހހެ
ނިހާނު ވެސް ތީގެ އެއްޗެއް އަޅާ. އަތް ތަޅުވައިގަތީމަ އެއަށް ހިނގުން އަންނާނެ.
އަހަރެން ގަޑިއަޅަނީ ރޮލެކްސް ގަޑިއެއް އޮތީމައި...
ރާއްޖޭގައި އުޅެނީ ހުސް ގޯލްޑް ޑިގަރުން ދޯ. މަ ރައްޓެހިވާން ކީއްކުރަން އިންނަން ވިޔަސް ނީންނާނަން ދިވެއްސަކާ
ގަޑިއަކީ ހެދުމުގެ ބައެއް ކަމަށް އެބުނީ ތެދެއްކަމަށް ވެދާނެ، ވަގުތު ބަލަން މިހާރު ގިނަމީހުން ބޭނުން ކުރަނީ އެމީހުންގެ އަތުގައި އޮންނަ ފޯނު. ދެން އެހެންނަމަވެސް ގަޑި ހަދާނެ ލާރިއެއް ނެތިގެން ހުއްޓިފަ އޮންނަ ގަޑި އަޅަނިއްޔޭ ބުނުމަކީ މިޒަމާނުގައި ލަދުހުތުރު ކަމެއް.
އެއީ ކެރޭ މީހުން ބުނާ އެއްޗެއް .... ލަދު ވެތި ކަމެއް ނުން... ފަހުރުވެރިވާވަރު ގެ ކަމެއް!!!
ގ.އ ވިލިގިލީ އިބްރާޙިމް ޑީޑީ ވެސް އަޅަނީ ތީގެ ގަޑިއެއް
މީހާ ހިންގާ ވަރަށް ގަޑި ހިންގީމަ އޯކޭވާނެ.... އަންހެނުން ބޮޑު ބުރި އެއް ނެތަސް ފޫކޮޅަށް ބާރު ޖިންސް ލާ ވާހަކަ ނުދެއްކީ ކީއްވެ:::: އެމީހުން ކުރެންވެސް އަހާބެ ކީއްވެތޯ!!!