އިންޑިއާގެ ބޮއިސަރް، ޕަލްގަރް އަދި ޑަހަނޫގައި ވައްކަމުގެ ކަންތައްކުގައި ހަތަރު މީހަކު އުޅެމުންދާތާ ދުވަސްކޮޅެއްވެއްޖެއެވެ. އެއީ އެ ހިސާބަކީ ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަ ހިސާބަކަށް ނުވުމުންނެވެ. އެހެން ނަމަވެސް މިދިޔަ ހަފްތާގައި އެ ވަގުންނަށް އެ ވަނީ ބޮޑު ލަޑެއް ލިބިފައެވެ. އެ މީހުންނަށް ބޮޑު ލަޑެއް ލިބިފައި ވަނީ ޓީވީ ވިއްކާ ތަނަކުން ވައްކަން ކުރުމުންނެވެ.

އެ ފިހާރައިން އެ މީހުން ވައްކަންކޮށްގެން ނެތީ ހަތަރި ޓީވީއެވެ. އެ ޓީވީތައް ނެގި މައްސަަލަ ފުލުހަށް ހުށަހެޅިއިރު، ފުލުުހުން އެ މީހުން ހޯދަން މާބޮޑު މަސަައްކަތެއް ނުކުރެއެވެ.

އެ ސްޓޯރުން ވަގަށް ނެގި ޓީވީތަކުގެ ލިސްޓެއް ފިހާރައިގެ ވެރި ފަރާތުން ފުލުހުންނަށް ދިނެވެ. އަދި އެ ޓީވީތަކުގެ ސްޕެސިފިކޭޝަން އާއި އެ ޓިވީތަކަކީ އެތަނުގެ އޮފިޝަލުންނަށް ނޫނީ އިންސްޓޯލް ނުކުރެވޭނެ ޓީވީތަކެއްކަން ފުލުހުންނަށް އެންގިއެވެ.

އަދި ފުލުހުން ވަނީ އެ ފިހާރައިގެ ވެރި މީހާ ކައިރިން އެ ފިހާރަށް ގެއްލުނު ޓީވީތަކުގެ ތެރެއިން ޓީވީއެއް އިންސްޓޯލް ކުރަން ބޭނުންެވެގެން މީހަކު އަތުވެއްޖެނަމަ ފުލުހުންނަށް ގުޅުމަށް އަންގާފައެވެ. އެފަދަ ޓީވީއެއް ހިފައިގެން އެ ފިހާރައަށް މީހަކު އައެވެ. އެއީ އެ ފިހާރައިން ވަގަށް ނެގި ޓީވީއެެއްކަން އޮފިޝަލުންނަށް އެނގިގެން ފުލުހުންނަށް އެންގުމުން އެ މީހާ ވަނީ ފުލުހުންނަށް އެ ޓީވީ ވިއްކި މީހާ ހުންނަ ގޮތް ކިޔާދީފައެވެ. އަދި އޭނާ ހުންނަ ގޮތުގެ ކުރެހުމެއްވެސް ހޯދާފައެވެ.

އަދި އޭގެ ފަހުން ފުލުހުން އެ މީހުން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފެށިއެވެ. އަދި އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކުރިއެވެ. އެއީ މީގެ ދުވަސްކޮޅެއް ކުރިންވެސް ވައްކަމުގެ އެކި މައްސަލަތަކުގައި ފުލުހުން ހޯދަމުންދާ ހަތަރު މީހެކެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢިބޫރށ

    ކީއްވެ ފަސްތަރީގެ ޓީވީ އަކަށްނުވީ

  2. ޖާން

    ރާއްޖޭގެ އިންޓެލިޖެންސް ގެންދިޔަނަމަ ތިޔަފަދަ ކުޑަކަމަކަށް ނުނަގާނެ ފަޅި ސިކުންތެއްވެސް.
    އަދިވަކީން އަޖުލީނު ގެންގޮސް ބޮޑުޖަލްސާއަކަށް އަރުވާ ލޯބޮޑުކޮށްލީމަ އެމީހަކު އަމިއްލަޔަށް ބިރުން ބުނާނެ ސޮރީއޭތިމަންނައޭ މިކަންކުރީ.