މިހާރު ތެދުވެރިން ނޫޅޭކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް އެތައް ބަޔަކަށް މިހާރު މިސާލު ދައްކަމުން ދަނީ މި ދުނިޔޭގައި އަދިވެސް ތެދުވެރިން އުޅޭނެކަމެވެ. އެންމެންވެސް އެފަދަ މީހުން ކައިރިން ފިލާވަޅު ލިބިގަންނަން ޖެހޭކަމެވެ.

މިއީ ވެސް އެފަދަ ލަގަބެއް ދޭން ހައްގު މީހެކެވެ. އޭނާ އަކީ އޮޓޯ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭނާއަކީ ތެދުވެރިއެއްކަން ސާބިތުކޮށްދީފައި ވަނީ އޭނާ ދުއްވާ އޮޓޯއަށް އެރި ބަޔަކު އެއްލައްކައަށްވުރެ ގިނަ ރުފިޔާގެ އަގުބޮޑު ގަހަނާ ދަބަހެއް އެ އޮޓޯ ތެރޭގައި ބާއްވާފައި ދިޔުމުން، އެ ފުލުހުންނާއި ހަވާލު ކުރުމުންނެވެ.

މިކަން ހިނގީ އިންޑިއާގެ ތޭން އަވަށުގައެވެ. އޮޓޯ ދުއްވާ މީހާއަށް އެ ގަހަނާ ދަބަސް ފެނިގެން ދަބަސް ފުލުހުންނާއި ހަވާލުކޮށްފައި ވަނީ އިއްޔެއެވެ.

ދެމަފިރިޔަކަށް އޮޅިގެން އޮޓޯ ތެރޭގައި ބާއްވާފައިދިޔަ ގަހަނާ ދަބަސް އޭގެ ވެރިފަރާތާއި ހަވާލު ކުރުމަށް ފުލުހުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ފުލުހުން ހޯދި ހޯދުންތަކުން އެނގުނުގޮތުގައި، އެ ގަހަނާ ދަބަހަކީ ލަންޑަންއަށް ނިސްބަތްވާ ޤާނޫނީ ވަކީލެއްގެ ދަބަހެކެވެ.

ފުލުހުން ބުނީ، އެ މީހުންނަކީ ކޮން ބައެއްކަން މިހާރު ހޯދިފައިވާކަމަށެވެ. އަދި އެ މީހުންނަކީ އިންޑިއާއަށް ދުވަސްކޮޅަަކަށް ޒިޔާރަތް ކުރި ބައެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މީ

    الحمد لله

  2. ރައީސް ވެސް

    މިގައުމުގެ ރައީސް ޔާމީނަކީ ވެސް ވަރަށް ތެދުވެރި ބޭފުޅެކެވެ. އެހާމެ އޯގާތެރި އެވެ. އެމަނިކުފާނުގެ ތެދުވެރިކަން ފެނިފައި މެޖޯރިޓީ ރައްޔިތުން ތިބީ، ތަލިން ކުޅުހިކިފައެވެ. އެމަނިކުފާނުގެ އޯގާތެރި ކަމުގެ ސަބަބުން ވަރަށްގިނަ ޢާއިލާތަކެއް ދަނީ ހިތްދަތިކަން ތަހަންމަލް ކުރަމުންނެވެ.

  3. ޝިއުބު

    މީ ވަރަށް ރަގޅުކަމެއް

  4. ފިރު އަންނި

    މި ޤައުމުގެ ބައިތުލްމާލު ދަވާލައިގެން ކާފަރުންގެ

    ފައްޅި ތަކަށް ހަރަދު ކޮށް އަދި ނުވީ ތަނަށް

    އެމީހުންނާއި ގުޅިގެން ރާއްޖެ އިނދެ ޖައްސާލަން

    މަސައްކަތް ކުރަމުންދާ ގަންޖާ ރައީސަކީ ވެސް

    ހާދަ އޯގާތެރި، ތެދުވެރި ބޭފުޅެކޭ.ހިނި އާދޭ