ޖަޕާންގެ އުމުރުން އެންމެ ހަމަހުގެ އަންހެން ކުއްޖެއްގެ ބޮލުގެ އިސްތަށިގަނޑު އާދަޔާއި ހިލާފަށް ރީތިވުމުން އެކުއްޖާ ދެކެ ލޯބިވެ ގާތްގަނޑަކަށް ސާޅީސް ހާސް މީހުން އިންސްޓަގްރާމް އިން އެކުއްޖާ އަށް ފޮލޯ ކުރަމުން އެބަގެންދެއެވެ.

ޗަންކޯ ނަމަކަށް ކިޔާ އަންހެން ކުއްޖާ އުފަންވީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ފަހުކޮޅު އެވެ. އުފަންވި އިރުވެސް އެހެން ކުދިންނާއި ހިލާފަށް ޗަންކޯގެ އިސްތަށިގަނޑު ވަރުގަދައެވެ. އަދި މިހާރު ވެސް އެއުމުރުގެ އެހެން ކުދިންގެ އިސްތަށިގަނޑަށްވުރެ އޭނާގެ އިސްތަށިގަނޑު ވަރުގަދަވެފައި ރީއްޗެވެ.

ޗަންކޯގެ އިސްތަށިގަނޑު އާދަޔާއި ހިލާފަށް ރީތިވުމުން އޭނާގެ މަންމަ ގެންދަނީ އިންސްޓަގްރާމްގައި ދަރިފުޅުގެ ފޮޓޯތައް ހިއްސާ ކުރަމުންނެވެ. އެފޮޓޯތަކަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

https://www.instagram.com/p/Blb0ZCaH37r/?taken-by=babychanco

ޑޮކްޓަރުން ބުނާ ގޮތުގައި ޗަންކޯގެ ބޮލުގެ އިސްތަށިގަނޑު އެއުމުރުގެ އެހެން ކުދިންގެ އިސްތަށިގަނޑާއި ތަފާތީ އޭނާގެ ހަށިގަނޑުގައި ހުރި ޖެނެޓިކް ތަފާތެއްގެ ސަބަބުންނެވެ. ބައެއް ކުދިން އުފަންވާއިރު އިސްތަށިގަނޑު ވަރަށް ވަރުގަދަކޮށް އޮތުން އެއީ އާންމު ކަމެކެވެ. ނަމަވެސް އެފަދަ ކުދިންގެ އިސްތަށިގަނޑު ގިނަ ދުވަސްތަކެއް ނުވެ އާދައި އިސްތަށިގަނޑަކަށް ބަދަލުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    މިއީ ބުދެއްގެ ފޮޓޯއެއްނޫންތަ؟?