ބްރެޒިލް އަންހެނެއްގެ ފޫކޮޅު ބޮޑު ކުރުމަށް ޕްލާސްޓިކް ސާޖަރީއެއް ހަދަން އުޅެނިކޮށް އޭނާ މަރުވި މައްސަލައިގައި ޕްލާސްޓިކް ސާޖަން ހައްޔަރު ކޮށްފިއެވެ.

"ޑރ.ބުމްބުމް" ގެ ނަމުން މަޝްހޫރުވެފައިވާ ޑޮކްޓަރު ޑެނިސް ފުރްޓަޑޯ ހައްޔަރު ކުރީ ސާޖަރީ ހަދަން އުޅުނު މީހާ މަރުވި ފަހުން ފިލައިގެން އުޅޭތާ ހަތަރު ދުވަސް ވެފައިވަނިކޮށެވެ. އޭނާ ހައްޔަރުކުރީ ރިއޯޑީޖެނީރޯ އިންނެވެ.

ޑެނިސް ފިލާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އުމުރުން 46 އަހަރުގެ ލިލިއަން ކަލިޒްޓޯ މަރުވުމުންނެވެ. ލިލިއަން މަރުވި ޕްލާސްޓިކް ސާޖަރީ ހެދުމަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށެވެ. ލިލިއަން އަކީ ބޭންކެއްގެ މެނޭޖަރެކެވެ. އޭނާ މަރުވިއިރު އޭނާގެ ދެކުދިން ދުނިޔޭގައި އެބަތިއްބެވެ.

ފުލުހުން ވަނީ ޑރ.ޑެނިސްގެ މަންމަ އާއި ލޯބިވެރިޔާގެ އިތުރުން އަދި އިތުރު އަންހެނަކު ލިލިއަންގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައެވެ. އެތިން މީހުންނަކީ ވެސް އޮޕަރޭޝަން ކުރިއިރު ކައިރީގައި ތިބި މީހުންނެވެ.

ފުލުހުން ބުނެފައި ވަނީ ހުރިހާ އެންމެންގެ މައްޗަށް ވެސް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާނެ ކަމަށެވެ.

ޑރ.ޑެނިސްގެ ޤާނޫނީ ވަކީލް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ލިލިއަންގެ މަރަކީ އެކްސިޑެންޓެއް ކަމަށާއި ޑރ.ޑެނިސް އަކީ ކުށެއް ނެތް މީހެއް ކަމަށެވެ. ވަކީލު ބުނީ ޑރ.ޑެނިސް ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރީ ނޫންކަމަށާއި އޭނާ އަމިއްލަ އަށް ފުލުހުންނާއި ހަވާލުވީ ކަމަށެވެ.

ޑރ.ޑެނިސް ބުނާ ގޮތުން އޭނާ ވަނީ 9000 އަށް ވުރެ ގިނަ އަންހެނުންގެ ޕްލާސްޓިކް ސާޖަރީ ކޮށްފައެވެ. ނަމަވެސް އެއްވެސް މީހަކަށް މީގެ ކުރިން ނުރައްކާތެރި ހާލަތެއް ދިމާވެފައެއް ނުވެއެވެ.

ޕްލާސްޓިކް ސާޖަރީ ކުރުމުގައި ސެލެބްރިޓީއެއްގެ މަގާމު ހޯދާފައިވާ ޑރ.ޑެނިސް އަށް އިންސްޓަގްރާމް އިން ފޮލޯކުރާ މީހުންގެ އަދަދު ބައި މިލިއަނަށް ވުރެ ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަހަށްދޭބަލަ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ އަދި ވެސް އުޅޭތި ފޫކޮޅު ބޮޑު ކުރަން އިނގޭތޭ މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ..

    • Anonymous

      މަހަށް ދިޔުން އެއީ ދެރަ ކަމެއްތޯ

    • ޕަކާސް

      ކަލޭ ތިއުޅެނީ ދުވަހަކުވެސް މަސްނުކައިތަ.

  2. ހުސޭނުބޭ

    ޑރ. ބަމްބަމް........މިއީ އެ ނަން ކިޔާ ގޮތް. އެކަން ކޮށްދިނުމަށް މަޝްހޫރު މީހުންނަށް ދީފައި އޮންނަ ލަޤަބެއް އެއީ.

  3. ޖޮއްބެ

    ތިއޮތީ ރަނގަޅަށް ބުރި ބޮޑުކުރެވިފަ. ހަހަހަހަހަ......!!!?

  4. ސަން

    ޑރ. ބުމް ބުމް އޯ. ހީހީ ހަޅާކު
    ????

  5. ކެޔޮޅު

    މަހަށް ދިއުމަކީ ސަޅި ކަމެއް.. މަހަކު 40000 ވެސް ލިބޭ..

    3
    1