ބޭނުންވާ ތަކެތި:

  • މޭޒުމަތީ ސަމުސާ ތެޔޮ
  • 1 ސައިސަމުސާ ލޮނުމިދު (ގާނާފައި)
    200 ގްރާމް ކުކުޅު (ބޯންލެސް، ކުދިކޮށް ކޮށާފައި)
  • ލޮނު
  • 1/2 ސައިސަމުސާ ތެޅި މިރުސް
  • 1/2 ސައިސަމުސާ ކިއުމިން ޕައުޑާ
  • 1/2 ސައިސަމުސާ އޮރެގާނޯ ޕައުޑާ
  • 1/3 ސައިސަމުސާ އަސޭމިރުސް
  • 1/2 ލުނބޯ (ހުތް)
  • 1/4 ޖޯޑު މެޔޮނައިސް
  • 1/2 މޭޒުމަތީ ސަމުސާ ޗިލީ އެންޑް ގާލިކް ސޯސް
  • 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް
  • 1 މޭޒުމަތީ ސަމުސާ ބާބެކިއު ސޯސް
  • 1 މޭޒުމަތީ ސަމުސާ މަސްޓާޑް ކްރީމް
  • 2 ލެޓިއުސް ފަތް

ތައްޔާރުކުރާނެ ގޮތް:

ތެއްޔަށް ތެޔޮ ފޮދު އަޅާލާށެވެ. ދެން ހޫނުވުމުން އޭގެތެރެއަށް ކޮށާފައިހުރި ލޮނުމިދުތައް އަޅާލާށެވެ. ލޮނުމިދުތައް އަޅައިގެން 1 މިނެޓް ވަންދެން ކައްކާލުމަށް ފަހު އޭގެތެރެއަށް ކުކުޅު ކޮޅު އަޅާލާށެވެެ. ދެން ކުކުޅުކޮޅު ރޯފިލަންދެން ކައްކާލާށެވެ. 5-6 މިނެޓް ވަންދެން ކައްކާލުމަށް ފަހު ލޮނު ހިޔަވަރުވާ ވަރަށް ލޮނުކޮޅެއް އަޅާލާށެވެ. ދެން ތެޅި މިރުހާއި، ކިއުމިން ޕައުޑާއާއި، އޮރެގާނޯ އަދި އަސޭމިރުހާއި ލުނބޯ ހުތް އަޅާލުމަށް ފަހު ރީއްޗަށް ކުކުޅުތަކާއި އެއްކޮށްލާށެވެ.

ތައްޓަކަށް މެޔޮނައިޒް އާއި ޗިލީ އެންޑް ގާލިކް ސޯސް، ޓޮމާޓޯ ސޯސް، ބާބެކިއު ސޯސް އަދި މަސްޓާޑް ކްރީމް އާއި ލުނބޯ ހުތް އަޅާލާ ރީއްޗަށް އެއްކޮށްލާށެވެ.

ދެން ރޮށީގައި ތައްޔާރުކުރި ސޯސްގަނޑު ރީއްޗަށް ހާކާލާށެވެ. ސޯސްގަނޑު ހާކާލުމަށް ފަހު ރޮށީގެ މެދަށް ވާގޮތަށް ކުކުޅު ކޮޅު އަޅާލާ ރީއްޗަށް އަތުރާލާށެވެ. ދެން އޭގެ މަތީގައި ލެޓިއުސް ފަތްކޮޅު އަތުރާލާއި ރޮށި އޮޅާލާށެވެ.