އެއްވެސް މީހެއްގެ ހިތުގައި އޮންނަ އެއްޗެއް ނޭނގޭނެއެވެ. ކޮންމެ މީހަކީ ވެސް އަނެކާއަށް ސިއްރުން އެމީހަކު ބޭނުން ކަމެއް ކުރެވިދާނެ މީހެކެވެ. މިސާލަކަށް ބުނާނަމަ ކައިވެނި ކޮށްގެން ހުރެ ސިއްރުން ލޯބިވެރިޔަކު ގެންގުޅުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް އެއީ ކޮންމެ މީހަކު ކުރާނެ ކަމެއް ނޫނެވެ. އެފަދަ ކަންތައް ކުރަނީ ވަކި ސިފަތަކެއް ހުންނަ ވަކިބައެކެވެ.

މިކިޔައިދެނީ ދުނިޔޭގެ ތަފާތު ތަންތަނުގައި ކުރެވިފައިވާ ގިނަ ދިރާސާތަކަށް ބަލާއިރު ލޯބިވެރިޔާ އަށް ނުވަތަ ހަޔާތުގެ ބައިވެރިޔާ އަށް ބޭވަފާތެރިވެފައިވާ މީހުންގެ ކިބައިގައި އެންމެ އާންމުކޮށް ހުންނަ ސިފަތަކެވެ.

އަމިއްލަ އަށް ކަންކަން ކުރަން ބޭނުންވާ މީހުން

ހަޔާތުގެ ބައިވެރިޔާ އަށް ވެސް އެއްވެސް ކަމެއްގައި ބަރޯސާނުވެ، އެއްވެސް ކަމެއްގައި އޭނާގެ އެހީތެރިކަމެއް ވެސް ނުހޯދާ ހުރިހާ ކަމެއް ކުރަން ބޭނުންވާ މީހުން ހަޔާތުގެ ބައިވެރިޔާ އަށް ބޭވަފާތެރިވުން އަވަހެވެ. އެމީހުންނަށް ބައިވެރިޔާގެ ފަރާތުން ފެންނަ ވަރަށް ކުދިކުދި ކަންތައްތައް ވެސް ވަރަށް ބޮޑު ކޮށްލެވެއެވެ. އޭނާ އާއި ވަކިވިނަމަވެސް ތިމަންނަ އަށް ވަރަށް ފަސޭހައިން އުޅެވިދާނެ ކަމަށް ހިތުން ގަބޫލު ކުރެވި ވަރަށް ގިނައިން އެހެން މަގެއް އިހްތިޔާރު ކުރެވެއެވެ.

މުސްކުޅިވެދާނެތީ ބިރުގަންނަ މީހުން

އުމުރުން ދުވަސްވުމަކީ ދުނިޔޭގައި ހުންނަ އިރު ކޮންމެ މީހަކަށް ވެސް ދިމާވާނެ ކަމެކެވެ. ނަމަވެސް ބައެއް މީހުންނަކީ އެޙަޤީޤަތް ގަބޫލުރަން ބޭނުން ނުވާ މީހުންނެވެ. ތިމަންގެ ހިތް އަދިވެސް ވަރަށް ޒުވާންކަމަށް ބުނެ އުމުރު މަތިން ހަނދާންނައްތާލާ މީހުން އެހެން ބައިވެރިޔަކުގެ ފަހަތުން ދިއުން ވަރަށް ގާތެވެ.

އިހްސާސްތައް ކިޔައިދޭން ނޭނގޭ މީހުން

ތިބާގެ ބައިވެރިޔާ އާއި އެކު އެތައް އަހަރެއް ވަންދެން އުޅުނު އިރުވެސް އޭނާ ހިތައް އަރާނެ އެއްޗެއް ތިބާ ނޭނގޭ ނަމަ، ނުވަތަ ދުވަހަކުވެސް ތިބާ އަށް ތިބާގެ ބައިވެރިޔާ ދަސް ނުވެއްޖެ ކަމަށް އަމިއްލަ އަށް ގަބޫލު ކުރެވޭނަމަ އެއީ ގޯހެކެވެ. އޭނާ އެހެން ސްޕެއާ ފުރޮޅެއް ގެންގުޅުން ވަރަށް ގާތެވެ.

ލޯބިވާ މީހާ އާއި ގުޅުން ކަނޑާލާ މީހުން

ލޯބިވެރިޔާ އާއި ގުޅުން ކަނޑާލާ މީހުން ނުވަތަ "ޑިސްކަނެކްޓް" ވާ މީހުން އެހެން ލޯބިވެރިން ހޯދުން ވަރަށް ގާތެވެ. މިފަދަ މީހުން ހަޤީޤީ ލޯބިވެރިޔާ ގުޅުމުން ފޯނަށް ޖަވާބެއް ނުދީ ދުވަސްގަނޑަކު ހުރެދާނެއެވެ. ނަމަވެސް ރުޅިއެއް ނުވާނެއެވެ. އަނެއްކާވެސް ދުވަސްކޮޅެއް ފަހުން ގުޅާ ހުރިހާ ގޯހެއް މަތިން ހަނދާން ނައްތާލާާ، ވަރަށް ލޯބިން އުޅެން ފަށާފާނެއެވެ. އެހެންވެއްޖެނަމަ އޭނާ އާއި މެދު ފުންކޮށް ވިސްނާށެވެ.

އަމިއްލަ އެދުން ބޮޑުވުން

ހުރިހާ ކަމެއް ތިމާ ބޭނުންވާ ގޮތައް ނިމެން ޖެހޭނެކަމަށް ގަބޫލު ކުރާ ބައިވެރިޔަކާއި އެކު އުމުރު ދުވަހު އުޅުން ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. އަދި އޭނާ ވެސް އަބަދު ތިބާގެ ފަހަތުގައި ހުރެދާނެ ކަމަށް އުއްމީދު ނުކުރާށެވެ. އެއީ ވާނެ ކަމެއް ނޫނެވެ.

އިސްވެ ބުނެދިން ސިފަތައް ހުރި މީހާ ސިއްރު ލޯބިވެރިޔަކު ގެންގުޅޭކަމަށް އަދި ކަށަވަރު ކަމާއި އެކު ނުނިންމާށެވެ. ގޮތެއް ނިންމުމުގެ ހުރިހާ ހުރިހާ ގޮތަކަށް ހިސާބު ޖަހާ ޝައްކު ޔަގީން ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އިބާ

  އަޖައިބުން އަންތަރީހެއް ނުވާނެތަ؟ ކަލޭމެން މަށާ އަޅައިގަނެގެން ނު ނެއްޓިގެން ތިއުޅެނީ ކީއްވެތަ؟

  • މަ

   ކޮންތާކު 🙂

 2. އަނާރު

  ކޮބާތަ މައްސަލައަކީ ކޮންމެ ވާހަކައެއް ދެއްކިއަސް ވަގު ބިޓުން ގެންގުޅޭނަން

  • ވިޔަަާ

   ކަލޭބުނާނެ ތިހެން

 3. Anonymous

  އޯ ޝިޓް! އަންހެނުން މިއާޓިކަލް ނުކިޔައިފިއްޔާ ރަނގަޅު!!!