ލީބިއާގައި ފުޓްބޯޅަ މުބާރާތެއްގެ ފައިނަލް މެޗު ކުޅެން ތިއްބައި ބަޑިއެއްގެ އަޑު އިވުމުން ދެޓީމުގެ ކުޅުންތެރިން ކުޅުން ހުއްޓާލުމަށް ފަހު ރައްކާތެރިކަން ހޯދުމަށް ސްޓޭޑިއަމް ދޫކޮށް ގޮސްފިއެވެ.

ކުޅުންތެރިން ކުޅުން ހުއްޓާލުމަށްފަހު ރަށްކާތެރިކަން ހޯދުމަށް ދިޔައީ ސްޓޭޑިއަމް އާއި ކައިރި ހިސާބަކުން އެތަކެއް ފަހަރަކު ބަޑީގެ ވަޒަނުގެ އަޑު އިވުމުން ކުރިމަތިވެދާނެ ނުރަށްކަލަކުން ސަލާމަތް ވުމަށް ކަމުގައި ލީބިއާގެ ނޫސްތަކުން ބުނެއެވެ.

ކުޅުންތެރިންނާއި ކޯޗު ސްޓޭޑިއަމް ދޫކޮށްދާ މަންޒަރު ދަށްކުވައިދޭ ވީޑިއޯތަކާއި ފޮޓޯތަށް މީސްމީޑިއާގައި ދައުރުވަމުންދާއިރު އެތައް ބައެއްގެ ސަމާލުކަން ވަނީ އެ ފޮޓޯތަކާއި ވީޑިއޯތަކަށް ލިބިފައެވެ.

ލީބިއާ ކަޕްގެ ފައިނަލް މެޗުގައި އަލް އިއްތިހާދް އަދި އަލް ހެލާލް ބައްދަލުކުރި އެމެޗުގެ 87 ވަނަ މިނެޓްގައި ހާދިސާ ހިނގައިފައިވާއިރު ދެ ޓީމުގެ ކުޅުންތެރިންގެ އިތުރުން ރެފްރީވެސް ވަނީ ރަށްކާތެރިކަން ހޯދުމަށް ކުޅުން ހުއްޓާލައިފައެވެ.

އަލްކުމުސް ސްޓޭޑިއަމްގައި މިދޔަ ހޯމަ ދުވަހު އެ ހާދިސާ ހިގާފައިވާއިރު އެ މެޗުގެ ބާކީ އޮތްބައި ފަހުން ވަނީ ކުޅެފައެވެ. މެޗުގެ ފުރިހަމަ ވަގުތުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން ނަތީޖާ ނެރުމަށް ކުޅެވުނު އިތުރުވަގުތުގައި އަލް ހެލާލް ކޮޅަށް ތިން ގޯލު ޖަހާ މެޗު ކާމިޔާބު ކުރީ އަލް އިއްތިހާދުންނެވެ.

އެ މޮޅާއި އެކު ލީބިއަން ކަޕްގެ ޗެމްޕިއަންކަން އަލް އިއްތިހާދަށް ވަނީ ލިބިފައެވެ.

މީގެ ކުރިންވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި ސަލާމަތީ ސަބަބުތަކަށްޓަކައި މެޗު ކުރިއަށް ދަނިކޮށްވެސް ވަނީ މެޗު މެދު ކަޑާލައިފައެވެ. އަދި ބައެއް ސަލާމަތީ ސަބަބުތަކާއި ގުޅިގެން ބޮޑި މެޗްތައް ފަސްކޮށްފައިވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު