އިންޑިޔާގެ ހަރިޔާނާގައި 120 އަންހެނަކު ރޭޕްކޮށް އަދި ރޭޕް ކުރި މަންޒަރު ވީޑިއޯ ކުރި ފާދިރީއަކު ޖަލުން މިނިވަންކޮށްފިއެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިޔާ" ގައި ރިޕޯޓްކޮށްފައިވަނީ ޖަލުން މިނިވަންކޮށްފައިވަނީ އުމުރުން 60 އަހަރުގެ ފާދިރީއެއް ކަމަށެވެ. މިމީހާގެ މައްޗަށް 120 އަންހެނަކު ރޭޕް ކުރި ކަމުގެ ދައުވާކޮށްފައިވާ އިރު، މިމީހާ ރޭޕް ކުރި މީހުން ރޭޕް ކުރާތަން އޭނާގެ ފޯނުންވަނީ ވީޑިއޯކޮށްފައެވެ.

ފުލުހުންގެ ތަޙްޤީޤްގައި މިފާދިރީ މީހާގެ ފޯނު ބަލިއިރު، 120 އަންހެނުން ރޭޕް ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައްވަނީ ފެނިފައެވެ. މިމީހާވަނީ މިވީޑޯތައް ލީކް ކުރާނެ ކަމަށްބުނެ، ބިރު ދައްކައިގެން އެއްފަހަރަށް ވުރެ ގިނަ ފަހަރަށް ބައެއް އަންހެނަނުން ރޭޕްކޮށްފައިވެއެވެ.

މިފާދިރީއާއި ދެކޮޅަށް މިހާރު ދެ ފަރާތަކުން ފުލުހުންނަށް ބަޔާންދީފައިވާއިރު، ފުލުހުންދަނީ މިވީޑިއޯތަކުގައި ތިބި އަންހެނުން ހޯދާ އެމީހުންގެ ބަޔާން ނެގުމުގެ މަސައްކަތް ކުރަަމުންމުނެވެ.

ފުލުހުން މިފާދިރީ ހައްޔަރުކޮށް ކޯޓްއަށް ހާޒިރު ކުރުމުން، މިފާދިރީ މީހާވަނީ ދޫކޮށްލާފައެވެ. ފުލުހުން މިމީހާ ހައްޔަރުގައި ބަހައްޓައިގެން މައްސަލަ ކުރިޔަށް ގެންދިއުމަށް އެދުނު ނަމަވެސް ކޯޓުން އެކަމަށްވަނީ އިންކާރު ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެއްމެން

    ނަސާރާ ދީނުގެ މީހުންނޭ ކިޔައިގެން މިހާރު އު
    ޅޭމީހުން ގބޫލުކުރާގޮތުން އެދީނުގެ އެއްމެންގެ ހުރިހާ ފާފައެއްގެއަދަބެއްގެ ގޮތުން އީސާގެ ފާނުވަނީ ސަލީބަށް އެރުވި އަވަހާރަ ކުރެވިފައެވެ. އެހެންވީމާ އެދީނުގެ މީހުން އަރައިގަންނަ ފާފަތަކަށް އަޒާބެއް ނުއޮންނާނެ އެވެ. އެހެންވީމަ ކިތަންމެ ގިނަ އަންހެނުން ރޭޕުކުރިޔަސް ފާދިރީވެސް ދޫކުރާނެތާ. ތިޔަ ފާދިރީން ތަކަކީ ނިކަން ރީތިވެގެން އުޅޭ ޝައިތާނުން ތަކެއް. ހެޔޮމަގު ފެނުމުންވެސް އެމަގު ދޫކޮށްލާފާ މޮޔައުޅުމެއް އުޅޭ ބަޔެއް. ތިޔަބައިމީހުންގެ މަގުން ސަލާމަތްވެ ހެޔޮމަގުން ހިނގާބަޔަކު ކަމުގާ އަޅަމެން މުސްލިމުން ލައްވާށި.

  2. Anonymous

    ދެން ފާދިރީ ނުކުމެ މޯދީ ރޭޕްއަރުވާލީމަ ނިމުނީނު

  3. ޑިމޮކްރަޓިސްޓް

    ކިހާ ޑިމޮކްރަޓިކް؟ މޯދީ ވީމަ އިސްތިއުފާ ދޭކަށް ނުޖެހޭ؟ ކޯޓަކަސް ޒިންމާނަގަންޖެހެނީ މޯދީއެއްނޫންތަ؟ ގައިމު ރާއްޖޭގަ ވިއްޔާ އަނިޔާވެރިޔަކީ ރައީސުމީހާ!