މާރމެޑްސް އަކީ ޒަމާނުއްސުރެ ތަފާތު ގޮތަކަށް ދެކެވޭ ވާހަކައެކެވެ. އެއީ ހަމަ ހިޔާލީ އެއްޗެއް ކަމަށް ބުނާ މީހުންވެސް އުޅެއެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެއީ ހަގީގަތުގައި ވެސް އުޅޭ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަނޑުގެ އެކި ސަރަހައްދުން ފެންނަ އެއްޗެކެވެ.

އަނެއްކާވެސް މާރމެޑްސްގެ ވާހަކަތައް ދެކެވެން މި ވަނީ ފަށަފައިފައެވެ. މިފަހަރު އެ ވާހަކަދެކެވެން ފެށިފައި ވަނީ ޓިކްޓޮކްގައި އަސްލު މާރމެޑްސްއެއް ކަމަށް ބުނާ އެއްޗެއްގެ ވީޑިއޯ ވައިރަލް ވުމާއެކުގައެވެ.

އެ ވީޑިއޯއަށް އެކަނި 9 މިލިއަން ވިއުސް ލިބިފައިވާއިރު، ގިނަބަޔަކު ބުނަނީ މިއީ ދުނިޔޭގައި އުޅޭ އެއްޗެއްކަމަށް އަންގައިދޭ ވަރުގަދަ ހެއްކެއް ކަމަށެެވެ.

މި ވީޑިއޯއިން ފެންނަނީ މޭރީމުސެޔޯކާ ނަމަކަށް ކިޔާ މީހަކު ކެންޔާގެ އުކުންޑާގެ ފުޓޭޖްތަކުން އެމީހުންގެ ހޯދުންތައް ދައްކުވައިދޭ މަންޒަރެވެ.

ވީޑިއޯއިން ފެންނަނީ ގޮނޑުދޮށަށް ދާ މީހުންގެ ތެރެއިން ބަޔަކު އެތީގެ ކައިރީގައި އުޅޭ ތަނެވެ. އެއްބަޔަކު ބުނަނީ މާމެއިޑް އެއް ކަމަށެވެ. އެ ވީޑިއޯއިން ފެނިގެންދާ މާމެއިޑްއެއް ކަމަށް ބުނާ އެތީގެ ހަށިގަނޑުގެ މަތި ފެނިގެން ދަނީ ކުޑަ އަންހެން ކުއްޖެއްގެ ސިފައިގައެވެ. އަދި ފަހަތު ބައި ފެންނަނީ މަހެއްގެ ސިފައިގައެވެ.

@marymusyoka_

Okay, I didn't know that they are real😳

♬ original sound - Mary Musyoka

އެ މާރމެޑްގެ ފުރާނަ ނެތް ކަމަށް ބެލެވޭއިރު، އޭތީގެ ފިޔަގަނޑު ހަލުވާތަން އެ ވީޑިއޯއިން ފެނިގެން ދެއެވެ.

އެހެން ނަމަވެސް މީގެންވެސް މިއީ އަސްލު މާރމެޑްސްއެއް ކަމަށް ކަށަވަރު ނުވާ ކަމަށް ގިނަބަޔަކު ބުނެއެވެ. ޓިކްޓޮކްގައި އޭތީގެ ވީޑިއޯއާ ގުޅޭގޮތުން ވާހަކަދައްކަމުންދާ މީހުން ބުނަނީ މިއީ ހައިރާންވަރުގެ ކަމެއް ކަމަށެވެ. އަދި ގިނަބަޔަކު އެފަދަ އެމޯޖީތައް ޖަހައިގެންވެސް ވާހަކަދައްކަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގުދުގުދާ ބެއްޔާ

    ހެހެހެ! މިއީ ހަދާފައިވާ އެއްޗެއް! ބޯގަޅިވިޔަސް ފުކެއް ބޮޑުވަރު

    24
    1
  2. ޏަޒީފް

    ޏައިސް

    6
    1
  3. ޙާމިދު

    ފިރިހެންމާމައިޑްނޫޅެނީތަ؟ އަބަދުވެސް މިފެންނަނީ އަންހެން މާމައިޑް.

    10
    2
  4. Anonymous

    މިކަހަލަ ހަގީގަތެއް ނެތް އެއްޗެތި ވަރަށް ބަލާހިތްވޭ. ހަގީގަތެއް ނޫންކަން އެނގުނަސް ތެދެއް ކަމަށް ގަބޫލުކުރާހިތްވެސް ވޭ. ގިނަގިނައިން މިކަހަލަ ހަގީގަތެއް ނެތް ޚިޔާލީ އެއްޗެތި ގެނެސްދޭތި. ޝުކުރިއްޔާ.

    12
  5. ނަބީ

    މިއީ ޙަޤީޤަތަކަށް ވުން އެކަށީގެން ނުވާ ފުލޯކު އެއްޗެއް. މިޒާތުގެ އޮޅުވާލުންތަކަށް އަދު ބަޔަކު ވަރަށް ކުޅަދާނަވެއްޖެ. އެންމެ މޮޅު ބަޔަކަށް އުޅޭ އެއްބަޔަކީ އެމެރިކާނުން. އެމީހުންގެ ފިލްމުތަކުން ދެއްކޭތޯ އުޅެނީ މިފަދަ ތަކެތި.
    ނަމަވެސް މަޤްސަދަކީ އެއް މަޤްސަދެއް. މީހުން ވާވައްދާ މަގުފުރައްދާލުން. ވިޔަފާރި ކުރިއެރުވުން. ގިނަ ފޮލޯވަރުން ހޯދުން. އަދި ވެސް މިފަދަ ކަންތައް.