އިންސްޓަގްރާމްއަކީ ދުނިޔޭގެ ގިނަ ބައެއްގެ ތެރޭގައި މަޤްބޫލް އެއްޗެކެވެ ފޭސްބުކްއިން ހިންގާ އިންސްޓަގްރާމްއަށް ގިނަ ބަދަލުތަކެއް އައިސްފައިވީ ނަމަވެސް އެންމެ ބޮޑު އެއް ބަދަލަކީ އިންތަޓްރާމް ސްޓޯރީސް ކަމާމެދު ދެބަސްވާނެ މީހެއް ހުންނާނެ ހެނެއް ހީއެއް ނުވެއެވެ.
ސްނެޕްޗެޓްގެ ފިއުޗަރއެއް ކޮޕީކޮށް 2016 ވަނަ އަހަރު އިންސްޓަގްރާމްއިން އިންސްޓަގްރާމް ސްޓޯރީސް ތަޢާރަފްކޮށްފައިވާއިރު، އެންމެ ގިނަ ބަޔަކު ސުވާލު އުފައްދާ އަދި އޭގެ ޖަވާބު ނުލިބިފައި އޮތް ސުވާލަކީ އިންސްޓަގްރާމް ސްޓޯރީސް މީހުންނަށް ދައްކަނީ ކޮންތަރުތީބަކުން ކަމެވެ.
މިކަމަށް އެކި މީހުންގެ ރަޢުޔު އެކި ގޮތްގޮތަށް ހުރި ނަމަވެސް ގިނަ މީހުން ޤަބޫލު ކުރާ ގޮތުގައި އިންސްޓަގްރާމް ސްޓޯރީސް އެންމެ ފުރަތަމަ ފެންނާނީ އެންމެ ގިނައިން ތިމާގެ ޕްރަފައިލްއަށް ވަންނަ މީހާއަށެވެ.
މިހާނަތަށް މިކަން ހިނގާ ގޮތުގެ އަލްގޮރިތަމްއެއް އިންސްޓަގްރާމްއިން ހާމަކޮށްގައި ނުވާއިރު، ގިނަ ބަޔަކު ދެކޭ މިގޮތަކީ މުޅިން ރަނގަޅު ގޮތެއް ނޫން ކަމަށް އިންސްޓަގްރާމްއިން މިވަނީ ހާމަކޮށްފައެވެ.
އިންސްޓަގްރާމްގެ ޕްރަޑަކްތް ލީޑް ޖޫލިޔަން ގުޓްމޭން ވޭޖްއަށް ދިން އިންޓަރވިއެއްގައި ބުނެފައިވަނީ އިންސްޓަގްރާމް ސްޓޯރީސް އެންމެ އަވަހަށް ފެންނާނީ ވަކި ޕްރޮފައިލްއަށް އެންމެ ގިނައިން ވަންނަ މީހުންނަށް ނޫން ކަމަށެވެ.
ޖޫލިޔަން އިތުރަށް ބުނެފައިވަނީ ތިމާގެ ސްޓޯރީ ޤަވާއިދުން ބަލާ މީހުންވަނީ ތިމާގެ ޕްރަފައިލް އާއްމުކޮށް ހާވާ މީހުން ނޫންކަމަށާއި މިގޮތަށް ސްޓޯރީތައް ދެއްކުމުގައި އިންސްޓަގްރާމްއިން ގެންގުޅެނީ އެހާ ދޯދިޔާ ސިޔާސަތެއް ނޫން ކަމަށެވެ.
ދެން އެ ގެންގުޅޭ އުސޫލެއް ބަލާލަން ވަރަށް ބޭނުން..