މިސްރުގެ އިސްކަންދަރިއްޔާ އިން ފެނުނު ބޮޑު ސަންދޯކުގެ ތެރޭގައި ހުރި ދިޔައި އެއްޗެހި އެއީ ޖޫސްކަމަށް ބުނެ އެބޯން ބޭނުންވެގެން ބަޔަކު ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފިއެވެ.

"ޗޭންޖް.އޯގް" ގައި ހުޅުވާފައިވާ ޕެޓިޝަންގައި މިހާތަނަށް 500 އާއި ގާތްކުރާ އަދަދެއްގެ މީހުން ވަނީ ސޮއި ކޮށްފައެވެ.

ޕެޓިޝަންގައި ބުނެފައި ވަނީ ގިނަ ދުވަސްތަކެއް ވެފައިވާ "ޖޫސް" ވާނީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗަކަށެވެ.

ސަންދޯއް ތެރޭގައި ހުރި ދިޔަ އަކީ ކިހިނެއްވެ ސަންދޯއް ތެރޭގައި ހުރި އެއްޗެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ބައެއް މީހުން ލަފާކުރާ ގޮތުގައި އެއީ ކޮންމެވެސް ގޮތަކުން ސަންދޯކުގެ ތެރެއަށް ފެން އެޅިގެން އުފެދިފައިވާ ދިޔައެކެވެ.

ނަމަވެސް އަނެއްބައި މީހުން ބުނާ ގޮތުގައި އެއީ ސަންދޯކުގެ ތެރެއަށް މީހުން ލުމަށް ފަހު އެޅި އެއްޗެއްގެ ސަބަބުން އުފެދިފައި ހުރި ދިޔައަކަށް ވުން ވެސް އެކަށީގެންވެއެވެ. އެހެންކަމަށް ވާނަމަ މިހައި ގިނަ ދުވަސްވަންދެން އެދިޔަ ހިނދިގެން ނުގޮސް ހުރީ ކީއްވެތޯ އެއީ ވަރަށް ބޮޑު ސުވާލެކެވެ.

ސަންދޯއް ހުޅުވި އާކިއޮލޮޖިސްޓުން ބުނާ ގޮތުގައި ސަންދޯކުގެ ތެރެއިން ނުބައި ވަހެއް ނުދުވައެވެ.

އިސްކަންދަރިއްޔާ އިން ފެނުނު ބޮޑު ސަންދޯއް މިހާރު ހުޅުވާފައި ވާއިރު އެއިން ފެނިފައި ވަނީ ތިން މީހެއްގެ މިނިކަށިތަކެކެވެ. ބައެއް ރިޕޯޓްތަކުގައި އެއީ އެއް އާއިލާއެއްގެ ތިން މީހުންގެ ކަށިތައް ކަމަށް ބުނެފައި ވީނަމަވެސް މިއަދު ބައެއް ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އެއީ ސިފައިންގެ ބައެއްގެ ކަށިތަކަކަށް ވުން ގާތެވެ. އެހެންކަމަށް ވާނަމަ އެއީ ސިފައިންގެ މަތީ ފެންވަރުގެ ޖެނެރަލުންގެ މިިިނިިިވަކަށިތަކެއް ކަމަށް ލަފާކުރެވެއެވެ. އެއީ ކޮންބައެއްގެ މިނިކަށިތަކެއްކަން ކަށަވަރު ކަމާއި އެކު އެނގޭނީ އިތުރު ދިރާސާތައް ކޮށްގެންނެވެ.

2000 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ސަންދޯއް އިންކަންދަރިއްޔާ އިން ފެނުނީ ފަތުރުވެރިން ޝައުގުވެރިވާނެ އިތުުރު ކަންތައްތައް ހޯދަން މިސްރުގެ އާކިއޮލޮޖިސްޓުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ. ފަހަކަށް އައިސް މިސްރަށް ދިމާވެފައިވާ އިޤުތިޞާދީ މައްސަލަތައް ހައްލު ކުރުމަށް ތާރީޚީ އިތުރު މައުލޫމާތުތައް ހޯދުމުގެ މަސައްކަތް މިސްރުން ގެންދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖޫސް

    ތަނަކުން އެއްޗެއް ފެންނަ އިރައް ބޯން ޖެހޭތަ؟

    • ތަކުރުފާނު

      ކަލޯ ތިޔާ ބުނީ ހަމަ ހެޔޮކޮށް

  2. މ

    އެއީ ކީއްވެ ކޮންފައިދާއެއްވާނެތީ؟ މީ ތެދު ހަބަރުތަ؟

  3. އަޙުމަދު

    ބޯންޖެހޭ ނުބޮއި ވާކަށްނެތް. ވިދާޅުވެފައޮތީ ދިޔާއެއްޗެހި ބޯންޖެހޭކަމަށް.

    • ހުސޭނުބޭ

      އެހެން ބުނި މީހާއަށް ދެއިރު އިރަކު އެއް ސަމުސާ ތިއިން ބޯންދިނުން ރަގަޅު. ހަމަ ހޭވެރިކަން ޖެހޭތޯ!

  4. ލޭޑީ..

    ބޯނެ އެއްޗެއް ނުލިބުނީތަ.؟